އެމްޓީސީސީ

ހާއްސަ އެހީ މީހުންގެ ރޭމްޕް ނިންމައިފި

Jun 17, 2021

ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް އަމާޒުކޮށް މާލޭގެ އާޓިފިޝަލް ބީޗުގައި ހަދަން ފެށި ރޭމްޕްގެ މަސައްކަތް ނިންމާލައިފި އެވެ.

ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުން އެމްޓީސީސީން އެ މަސައްކަތް ފެށީ މިދިޔަ މާޗް މަހު އެވެ. އެ މަސައްކަތް ނިމުނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

އެ މަސައްކަތް ކުރިއަށް ގެންދިޔައީ ޔޫތު މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސެބިލިޓީގެ އެހީއާއެކު އެވެ.

އެ މަސައްކަތުގައި 48.24 އަކަ މީޓަރުގެ ވޯކްވޭއަކާއި ރޭމްޕަކާއި ޗޭންޖިން ހޮއިސްޓަކާއި ޝޭޑިންގް ހަޓެއް ހިމެނެ އެވެ. އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ ރޭމްޕްގެ މަސައްކަތް ނިމުމުން އެތަން މިހާރު ޔޫތު މިނިސްޓްރީއާ ހަވާލު ކޮށްފައިވާ ކަމަށެވެ.