ރައްޔިތުންގެ މަޖިލިސް

ހިސާން ބިލު: އެމްޑީޕީން ދެކޮޅު ހެދި ދެކުނު ހަތަރެއް!

އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތު ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރި ވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ފޮނުވައި ސަރުކާރު ހިންގާ އެމްޑީޕީގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ސްޕޮންސާ ކުރައްވާ އެ ބިލް، މަޖިލީހަށް ތައާރަފު ކުރީ މޭ 31، 2021 ގަ އެވެ.

ބިލު މިހާރު މަޝްހޫރުކަން ހޯދާފައި ވަނީ "ހިސާނު ބިލް" ގެ ނަމުގަ އާއި "ނަފުރަތު ބިލު" ގެ ނަމުގަ އާއި "ލާދީނީ ބިލު" ގެ ނަމުގަ އެވެ. އިތުރު އެހެން ނަންތައް ވެސް ކިޔަ އެވެ. އަދި މި ބިލާ ގުޅިގެން މަސްހުނި އެތައް މައްސަލައެއ މިހާތަނަށް ފެންމަތިވެފައި ވެއެވެ. ބިލަށް އެކަމަށް ފާޑުކިޔުންތައް އަމާޒުވެ މިހާރު ވެސް ދަނީ "ގިނި އަނދައި އަލިފާނަށް" ބަދަލު ވަމުންނެވެ. ދުރަށް ވިސްނާލާއިރު މި މައްސަލައަކީ ފަހަރެއްގައި "ޕެޓްރޯލް އަޅައި ރޯކުރާނެ އެންމެ ބޮޑު ހުޅަށް" ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

ފަހުން ކޮންމެ ގޮތެއް ވިޔަސް މިވަގުތަށް އެއީ ސަރުކާރުގެ "ހިސާނު ބިލު" ކަމަށް ކިޔަމާ ހެއްޔެވެ؟ މި ވަގުތު ރާއްޖޭގައި އެންމެ ބޮޑު ބަހުސަަކަށް ވެފައިވާ "ހިސާނު ބިލު" ގައި ހިމަނާފައި މައިގަނޑަކީ ޕީނަލް ކޯޑް / ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބާބަށް ބައިތަކެއް އިތުރު ކުރާށެވެ. ބިލުގައި ވާގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން ކުށަކަށް ވެއެވެ.

އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުން، އެގޮތަށް ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ހަދަން ހުށަހަޅާފައި ވެއެވެ. "ހިސާން ބިލު" ގައިވާ އެ ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެވެ. އެ ކުށުގެ އެންމެ އަދަބަކަށް އަންނާނީ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ބިލާ ގުޅިގެން އައި އެއްވެސް "ހަޅޭކެއް" ގެ އަޑު ސަރުކާރާއި އެމްޑީޕީން އަހާކަށް ބޭނުމެއް ނުވި އެވެ. އޭގެ ބަދަލުގައި މިދިއަ އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާގައި ބިލްގެ އިބްތިދާއީ ބަހުސް ނިންމާލައި ބޭނުންވީ ބިލް މަޖިލިހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެންނަ ގޮތެއް ބަލަން ވޯޓު އަހާށެވެ.

ބިލް ބަލައިގަތުމަށް ވޯޓު އެމްޑީޕީން 38 މެންބަރުން ވޯޓް ދެއްވި އެވެ. އަދި ބިލާ ދެކޮޅަށް 17 މެންބަރަކު ވޯޓު ދެއްވާފައިވެ އެވެ. "ހިސާނު ބިލަ" ކީ ސަރުކާރުގެ ބިލަކަށްވެފައި އެ ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ސަރުކާރު ޕާޓީ، އެމްޑީޕީގެ ހަތަރު މެންބަރަކު ވެސް ހިމެނި ވަޑައިގަތެވެ. އެމްޑީޕީގެ ސިފަ، އުސޫލަށް ބަލާއިރު މިއީ ވަރަށް އެކަހަލަ ކަމެކެވެ. އެކަމާ ގުޅިގެން މިހާރުވެސް އެމްޑީޕީގެ ތެރެއިން ވަނީ އެ ހަތަރު ބޭފުޅުންނަށް ފާޑުކިޔުން އަމާޒުވެފަ އެވެ.

ތާރީހުގެ ތެރެއަށް ވަން ހަތަރު މެންބަރުންނަކީ ދެކުނުގެ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އެ ސިޓީގެ ތިން މެންބަރުން، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އާއި، ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެވެ. އެ ތިން މެމްބަރުންގެ އިތުރުން "ހިސާންގެ ބިލު" ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީގެ އަނެއް މެންބަރަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ.

ބިލްގެ ބަހުސްގައި ބިލާ ދެކޮޅަށް ވަރުގަދައަށް ވާހަކަ ދެއްކެވުމުގެ އިތުރުން ބިލް އަނބުރާ ގެންދަން ވެސް ސަނީފު ވަނީ ގޮވާލައްފަ އެވެ. އޭނާ ވަނީ އެމްޑީޕީން ގެނައި އުސޫލު ތަކާއި ނިޒާމުގެ ތެރެއިން ވަރަށް މުހިންމު ދީނީ ނުކުތާއެއް ފާހަގަކޮށް ދެއްވާފަ އެވެ. އެގޮތުން އެމްޑީޕީގައި ދީނީ ގޮތުން މަޝްވަރާ ކުރަން އޮންނަ ކޮމެޓީ ކޮބައިތޯ ސުވާލު އުފައްދަ އެވެ. އެ ކޮމެޓީގައި އެއްވެސް މެމްބަރަކު ނެތި ފަސް އަހަރު ވާއިރު އިސްލާމް ދީނާ ގުޅޭ މިފަދަ ކަންކަމުގައި ގޮތެއް ނިންމަން ވަނީ އެ ކޮމެޓީ ހަދައި މަޝްވަރާއެކުގައި ކަމަށް އެ ކޮމެޓީން އޭނާ ފާހަގަ ކޮށްދެއްވަ އެވެ.

"އެހެންނޫނީ އިސްލާމްދީނުގެ ދިފާއުގައި މަސައްކަތްކުރާ މީހުންގެ އަތް ފައި ބަނދެވިގެން ދާނެ"

މީގެ ސަބަބުން އިސްލާމްދީނުގެ ދިފާއުގައި މަސައްކަތްކުރާ މީހުންގެ އަތް ފައި ބަނދެވިގެން ދާނެ
މެންބަރު އަބްދުﷲ ސަނީފް | ތިނަދޫ ދެކުނު ދާއިރާ
1
 

މެންބަރު އަބްދުﷲ ސަނީފް | ތިނަދޫ ދެކުނު ދާއިރާ

"ހިސާން ބިލު" މަޖިލީހަށް ފޮނުވި ހިސާބުން ބިލާ ދެކޮޅު ކަމަށް ސަނީފު އައީ ވިދާޅުވަމުންނެވެ. އެކަން އައީ އޭގެ ކުރީ އައި "މަޖާކުރާ މަރުކަޒެއް" އެޅުމުގެ ގަރާރަށް އޭނާ ދެކޮޅު ހަދާފައި ވެސް ވަނިކޮށެވެ. "ހިސާން ބިލު" ގެ ބަހުސްގައި ބައިވެރިވެ ވަޑައިގެން އެނާ ވަނީ އެ ބިލު އޭނާ ބަލައި ނުގަންނަ ސަބަބުތަކެއް ވިދާޅުވެފަ އެވެ.

ސަނީފް ގަބޫލު ކުރައްވާ ގޮތުގައި ބިލުގައި އާންމު ތަނަކު ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދާފައިވާއިރު އެހެން އޮތުމުން އޭގެ މާނަަ ވަރަށް ފުޅާކޮށް ދަމާލެވެ އެވެ.

"މިކަމާ ގުޅިގެން އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެކޭ އިސްލާމް ދީނާ ދެކޮޅު މީހެކޭ ތިޔަބޭފުޅުން ތިޔަ ވާހަކަ ދައްކަނީ ނޫނީ އިސްލާމް ދީނަށް އަރައިގަނެވޭނެ ކަންތައްތަކެކޭ ތިބޭފުޅުން ތިޔަ ވިދާޅުވަނީ މި ބާވަތުގެ އިބާރާތުން ބުނެވިއްޖިއްޔާ އެއީ ގާނޫނީ ކުށެއްގެ ތެރެއަށް ފޯލްވުން ކަމަށް ބެލި ދާނެ،" ސަނީފް ވިދާޅުވި އެވެ.

"އިސްލާމްދީނުގެ އަގީދާއާއި ގުޅުވައިގެން މުޖުތަމައުގެ މީހަކާމެދު ނަފްތަރު އުފެއްދުންކަމުގައި މީގަައި ބެލެވިދާނެ ޒިނޭ ކުރާމީހާ ޒިނޭ ކޮށްފިކަމަށް ބުނާ ހިނދުގައި ނުވަތަަ ރާ ބުއި މީހާ ރާ ބޮއެފި ކަމަށް ބުނާ ހިނދެއްގައި... ރާއްޖޭގައި މިބީދައިން ބިލެއް ފާސް ކޮށްފި ކަމަށް ވާނަމަ ރާއްޖޭގެ ޖަލުތަކުގައި ސިޔާސީ މަގުސަަދަކަށްޓަކައި ސިޔާސީ ކުށްވެރިން ރާއްޖޭގެ ޖަލުތަކުގައި ފުރާލެވިގެން ދާނެކަމީ މި ބިލުން އަޅުގަނޑަށް ފެންނަން އޮތް ހަގީގަތް،" ސަނީފް ވިދާޅުވި އެވެ.

އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުން އުނި ކުރަން ސަނީފް އެދިވަޑައިގެންނެވި އެވެ.

2
 

ހުސައިން މުހައްމަދު ދީދީ | ފުވައްމުލަކު މެދު ދާއިރާ

މެމްބަރު ހުސެން އަވަސް އަށް ދެއްވި އެވެ. އެ އިންޓަވިއުއެއްގައ އޭނާ ކުރުކުރުކޮށް ވިދާޅުވި ގޮތުގައި "ހިސާންގެ ބިލު" ބަލައިގަތުމާ ދެކޮޅަށް އޭނާ ވޯޓު ދެއްވީ އެ ބިލްގެ ބައެއް މާއްދާތައް އިބާރާތް ޗކޮށްފައި ހުރި ގޮތުން ގާނޫނުއަސާސީގައި ކަށަވަރު ކޮށްދީފައިވާ ހިޔާލުފާޅު ކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށް ރަނގަޅަށް ގަބޫލު ކުރެއްވިގެނެވެ.

ހާއްސަކޮށް ބިލްގެ ފުރަތަމަ ދެ މާއްދާ އޮތް ގޮތުން ހިޔާލުފާޅު ކޮށްގެން ޖިނާއީ ދައުވާއެއް ކޮށް އަދަބެއް ދެވޭ ގޮތަށް އޮތުމަކީ ކަންބޮޑުވާ ކަމަކަށް ވާތީ ބިލް ބަލައިގަތުމާ ދެކޮޅަށް އަޅުގަނޑު ވޯޓު ދިނީ،
ހުސައިން މުހައްމަދު ދީދީ | ފުވައްމުލަކު މެދު ދާއިރާ

"ހާއްސަކޮށް ބިލްގެ ފުރަތަމަ ދެ މާއްދާ އޮތް ގޮތުން ހިޔާލުފާޅު ކޮށްގެން ޖިނާއީ ދައުވާއެއް ކޮށް އަދަބެއް ދެވޭ ގޮތަށް އޮތުމަކީ ކަންބޮޑުވާ ކަމަކަށް ވާތީ ބިލް ބަލައިގަތުމާ ދެކޮޅަށް އަޅުގަނޑު ވޯޓު ދިނީ،" ހުސައިން ވިދާޅުވި އެވެ.

3
 

މެންބަރު މުހައްމަދު ރަޝީދު | ފުވައްމުލަކު އުތުރު ދާއިރާ

މެންބަރު މުހައްމަދު ރަޝީދު ވެސް "ހިސާން ބިލާ" ދެކޮޅެވެ. އެގޮތަށް އޭނާ ވޯޓު ދެއްވި އެވެ. އެ ސަބަބާ ބެހޭ ގޮތުން މެމްބަރު ރަޝީދު އަވަސް އާ ވާހަކަ ވެސް ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި "ހިސާނު ބިލު" ގެ އެއްވަނަ ނުކުތާ ރަނގަޅު ކަމަށް ގަބޫލު ކުރެއްވެ އެވެ. ނަމަވެސް ދެވަނަ ނުކުތާ އަދި ތިން ވަނަ ނުކުތާއާ އޭނާ ދެކޮޅެވެ. އެއީ އެ ދެ މާއްދާގެ ސަބަބުން އިސްލާމް ދީނާ ދެކޮޅު މީހުނަށް މިނިވަން ކަމަކާއި ބާރުތަކެއް ލިބިގެން ދާތީ އެވެ.
\
"އެ ބިލްގެ އެއްވަނަ މާއްދާ އެންމެ ރަނގަޅު ކަމަށް ގަބޫލު ކުރަން. އެކަމަކު ދެވަނަ އަދި ތިންވަނަ މާއްދާ އިސްލާހު ކުރަން ޖެހޭނެ. އެ ދެމާއްދާގެ ސަބަބުން އިސްލާމްދީނާ ދެކޮޅު މީހުންނަށް ބާރުތަކެއް ލިބޭ..." ރަޝީދު ވިދާޅުވި އެވެ.

ބިލްގެ އެއްވަނަ މާއްދާ ގަބޫލު ކުރެވޭ، އެކަމަކު ދެވަނަ އަދި ތިންވަނަ މާއްދާ އިސްލާހު ކުރަން ޖެހޭނެ. އެ ދެމާއްދާގެ ސަބަބުން އިސްލާމްދީނާ ދެކޮޅު މީހުންނަށް ބާރުތަކެއް ލިބޭ،
މެންބަރު މުހައްމަދު ރަޝީދު | ފުވައްމުލަކު އުތުރު ދާއިރާ
4
 

މެންބަރު މުހައްމަދު މުމްތާޒު | ފުވައްމުލަކު ދެކުނު ދާއިރާ

ބުރާސްފަތި ދުވަހު އަވަސް އާ ވާހަކަފުޅު ދައްކަވަމުން މެމްބަރު މުމްތާޒު ވިދާޅުވި ގޮތުގައި "ހިސާން ބިލާ" ދެކޮޅަށް އޭނާ ވޯޓު ދެއްވީ އެ ބިލާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރެގެނެވެ. ހާއްސަކޮށް ބިލްގެ ދެވަނަ އަދި ތިންވަނަ މާއްދާއާ ގުޅިގެން ރަށްޔިތުންގެ ބޮޑެތި ކަންބޮޑުވުން ތަކެއް އެބަ ހުރި ކަމަށް މުމްތާޒު ވިދާޅުވި އެވެ. އަދި އެގޮތް އޭނާ ވެސް ގަބޫލުފުޅު ކުރައްވަ އެވެ.

"ބިލާ ދެކޮޅަށް އަޅުގަނޑު ވޯޓު ދިނީ ރަށްޔިތުންގެ ކަންބޮޑުވުން ހުރުމުން. އަޅުގަނޑު ހޮވާފައި ވަނީ ރަށްޔިތުން. އެހެންކަމުން ރަށްޔިތުން އަޑު އަޅުގަނޑު އަހާނަން" މުމްތާޒް ވިދާޅުވި އެވެ.

ބިލާ ދެކޮޅަށް އަޅުގަނޑު ވޯޓު ދިނީ ރަށްޔިތުންގެ ކަންބޮޑުވުން ހުރުމުން. އަޅުގަނޑު ހޮވާފައި ވަނީ ރަށްޔިތުން. އެ ރަށްޔިތުން އަޑު އަޅުގަނޑު އަހާނަން،
މެންބަރު މުހައްމަދު މުމްތާޒު | ފުވައްމުލަކު ދެކުނު ދާއިރާ

"ހިސާން ބިލު" މަޖިލީހުގައި އިއްވުމުގެ ކުރިން ވެސް ބިލާ ދެކޮޅަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ތެދުވެފަ އެވެ. ދީނީ އިލްމުވެރިންނާއި އިދިކޮޅު ޕީޕީއެމް / ޕީއެންސީ އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް ވަނީ ބިލާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. މާލޭ ސިޓީ ހިމެނޭ ގޮތަށް ރާއްޖޭގެ ގިނަ ބައިވަރު ކައުންސިލްތަކުން ވަނީ އެ ބިލާ ދެކޮޅަށް ތެދުވެފަ އެވެ. އާންމު ގިނަ ރައްޔިތުން ވެސް އެ ބިލާ ދެކޮޅެވެ. ދިނީ އިލްމުވެރިންގެ ތެރެއިން 100 އަށްވުރެ ގިނަ އިލްުމުވެރިން މިހާރުވެއް ވަނީ އެ ބިލުގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަމައަށް ގެންގޮސްފަ އެވެ.

އޭގެ ކުރީން އެންމެން ވެސް ބަލައިގެން ތިބީ އެމްޑީޕީގެ މެންބަރުންގެ ތެރެއިން މަޖިލީހުގައި މި ބިލާ ދެކޮޅު ހަދާނީ ކޮން ބޭފުޅުންނެއްތޯ ބަލާށެވެ. އެ މެންބަރުންނަށް މިވީ ދެކުނުގެ ފުވައްމުލަކު ސިޓީގެ ތިން މެންބަރުންނާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރެވެ.