ހިިސާން ހުސައިން

މަޖިލީހަށް ވާދަނުކުރައްވަން ހިސާން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހިސާން ހުސައިން -- ފޮޓޯ: މަޖިލިސް
0%
0%
0%

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގައި ވާދަނުކުރައްވާނެކަން ހިސާން ހާމަކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓްގައި ހިސާން ވަނީ ތުޅާދޫ ދާއިރާ ތަމްސީލުކުރަން ދާއިރާގެ ރައްޔިތުން ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

މަޖިލިސް އިންތިހާބުގައި ވާދަނުކުރެއްވި ނަމަވެސް އެމްޑީޕީގައި ހުންނަވާނެ ކަމަށް ހިސާން ވަނީ ވިދާޅުވެފަ އެވެ.

"ކުރިއްޔަށް އޮތްތަނުގައިވެސް އެމްޑީޕީއާ އެކު ހުންނާނެކަމުގެ ޔަގީންކަން އަރުވަމުން," ހިސާން ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި ވާދަނުކުރެއްވުމަށް ނިންމެވި ސަބަބެއް ހިސާން ވިދާޅެއްނުވެ އެވެ.

އެމްޑީޕީގެ އިސްލާހީ ހަރަކާތުގައި ހިސާންއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން އިސްލާހީ ހަރަކާތުގައި ހައްޔަރުކުރާ މީހުން މިނިވަންކުރުމުގައި ހިސާން ވަނީ މަސައްކަތްކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910