ވައްކަން

ވަގަށް ނަގާފައި ހުރި ފައިސާތަކެއް ދެ ގެއަކުން ހޯދައިފި

އައްޑޫ ސިޓީގެ ދެ ގެއެއް ބަލައި ފާސްކޮށް ވަގަށް ނަގާފައި ހުރި ކަމަށް ބެލެވޭ ފައިސާ ތަކެއް ހޯދައިފި އެވެ.

އެ ފައިސާތަށް ހޯދައިފާ ވަނީ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއް ދަށުން ދެ ގެއެއް ބަލައި ފާސްކޮށްގެނެވެ.

ފުލުހުން ބުނީ މިމަހުގެ 9 އަދި 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އައްޑޫ ސިޓީގެ ދެ ގެއެއަކުން ފައިސާ ހޯދައިފާވާ ކަމަށެވެ. މިއީ 6000 ރުފިޔާ އާއި 600 ޑޮލަރާއި 150 ޔޫރޯ ވަގަށް ނެގި މައްސަލައެކެވެ. އަދި އެދެގެ ބަލާ ފާސް ކޮށް ފުލުހުން ވަނީ 546 ޑޮލަރާއި 135 ޔޫރޯ ހޯދާފަ އެވެ. ވަގަށް ނަގާފައިވާ ދިވެހި ފައިސާތަކުގެ ތެރެއިން އެއްވެސް ފައިސާއެއް ނުފެނެ އެވެ.