ދިރާގު

ގޭގައި ތިބެގެން ދިރާގު ޕްރީޕެއިޑް ރީލޯޑް ކޮށްލެވޭނެ ފަސޭހަ ގޮތްތަކެއް

Jun 17, 2021

މި ދުވަސްވަރަކީ ރައްކާތެރިކަމާއެކު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އޮންލައިންކޮށް ހުރިހާ ހިދުމަތެއް ވެސް ހޯދުމަށް އަބަދުވެސް ގޮވާއަޑު އިވެ އެވެ. އެހެންވެ ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށާއި ލިބިގަތުމަށް ފަސޭހަ، ޑިޖިޓަލް ގޮތް ތަކެއް ކަސްޓަމަރުންނަށް އަބަދު ވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ގޭގައި ތިބެގެން ފަސޭހަކަމާއެކު ރީލޯޑް ކޮށްލެވޭނެ ވަރަށް ގިނަ ގޮތްތައް ވެދސް ހިމެނެއެވެ.

ތިރީގައި އެވަނީ ދިރާގު ޕްރިޕެއިޑް ގޭގައި ތިބެގެން ރީލޯޑް ކޮށްލެވޭނެ ފަސޭހަ ގޮތްތަކެކެވެ.

ދިރާގު މޮބައިލް އެޕްލިކޭޝަން

ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް އެޕް ހުޅުވާލާފައި " Easy TopUp " ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖެހުމަށްފަހު " Continue and Pay " އަށް ފިތާލާށެވެ. ދެން ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށްފަހު އަނެއްކާ ވެސް " Continue and Pay " އަށް ފިތާލާށެވެ. ދެން ފައިސާ ދައްކަންބޭނުންވާ ގޮތް ހިޔާރުކުރުމަށްފަހު " Continue " އަށް ފިތާލާށެވެ.

ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައިބީގެ ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެ އެވެ. މި ލިންކުގައި އެވަނީ މޮބައިލް އެޕް މެދުވެރިކޯށް ރީލޯޑްކުރާނެ ގޮތެވެ.

ދިރާގު ވެބްސްއިޓު މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ވެބްސައިޓްގެ ހޯމް ޕޭޖްގައިވާ " Easy TopUp " އަށް ފިއްތާލާށެވެ. އެ އަށްފަހު ރީލޯޑްކުރަން ބޭނުންވާ ނަމްބަރު އަދި އަދަދު ޖެހުމަށްފަހު " Continue " އަށް ފިއްތާލާށެވެ. ދެން، ފައިސާ ދައްކަންބޭނުންވާ ގޮތް ޚިޔާރުކުރުމަށްފަހު " Continue " އަށް ފިއްތާލާށެވެ.
ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައި ބީ. ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެ އެވެ.

ދިރާގު ޕޭ

ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގުޕޭގެ މޮބައިލް އެޕްލިކޭޝަން ހުޅުވުމަށްފަހު "Reload my mobile " ނުވަތަ " Reload Another " އަށް ފިއްތާލާށެވެ. އެއަށްފަހު ނަމްބަރު އަދި އަދަދު ޖެހުމަށްފަހު " Validate " އަށް ފިއްތާލާށެވެ. ދެން ރީލޯޑް ޓްރާންސެކްޝަން ފުރިހަމަކުރުމަށް "Proceed " އަށް ފިއްތާލުމުން ރީލޯޑް ކޮށް ނިމުނީ އެވެ.

ދިރާގު ޕޭ އެކައުންޓަށް ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ކުރެވޭނެ އެވެ. ދިރާގުން އެދެނީ މި ދުވަސްވަރު ހުރިހާ ކަސްޓަމަރުން ވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއި ފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.