އަލިފާން

ފުލިދޫގައި ލޯންޗެއް ގޮވައި، މީހަކު ޒަހަމްވެއްޖެ

ލޯންޗެއް ގޮވުން: ވ.ފުލިދޫ ފަޅޔތެރޭގައި އޮތް ލޯއްޗެއް ގޮވައި މީހަކަށް އަނިޔާވެފައިވޭ -- ފޮޓޯ: ފުލިދޫ ކައުންސިލް
0%
0%
0%

ވ. ފުލިދޫ ފަޅު ތެރޭގައި އޮތް ލޯންޗެއް ގޮވައި، މީހަކު ވަރަށް ބޮޑަށް ޒަހަމް ވެއްޖެ އެވެ.

ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިއާޒް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 8:30 ގައި ފަތުރުވެރިން ގޮވައިގެން ލޯންޗް ފުލިދޫން ނައްޓާލަން އުޅެނިކޮށް ކަމަށާއި ހާދިސާ ހިނގީ ލޯންޗްގެ އިންޖީނުގެ ބަޔަކަށް ޕެޓްރޯލް އެޅިފައި ހުއްޓާ ސްޓާޓް ކުރި ގަޑީ ހުޅުހިފައިގެން ކަމަށެވެ.

ލޯންޗް ގޮވި އިރު ހަ މީހުން ތިއްބެވެ. އެއީ ފަސް ފަތުރުވެރިންނާއި ލޯންޗްގެ ކެޕްޓަނެވެ. ޒަހަމްވީ ލޯންޗުގެ ކެޕްޓަނެވެ. އެއްވެސް ފަތުރުވެރިއަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ފަތުރުވެރިން ވެސް ހޮސްޕިޓަލުގައި ޗެކްއަޕް ހެދި އެވެ.

ލޯންޗު ކެޕްޓަނަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަން މިހާރު ވަނީ މާލެ ގެނެސްފަ އެވެ. އޭނާގެ މައިބަދައަށް ވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

އެ ހާދިސާއަށް ފަހު ލޯންޗް ވަނީ ފަޅު ތެރެއަށް އަޑިއަށް ގޮސްފަ އެވެ. ފަހަކަށް އައިސް ރާއްޖޭގައި ލޯންޗްތައް ގުވުމާއި ރޯމުގެ ހާދިސާތައް އަންނަނީ ގިނަވަމުން ނެވެ. އިއްޔެ ވަނީ މާލޭގެ ފަޅުތެރޭގައި އޮތް ތިން ލޯންޗެއްގައި ވެސް އަލިފާން ރޯވެ ބިދޭސީއަކު ފިހިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345