މ. ހައުސްޕްލާޒާ ގޭގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި އެވެ.
އެ ގޭގައި އަލިފާން ނިއްވުމުގައި ފަޔާ އެންޑް ރެސްކިޔު އިން ހަރަކާތްތެރިވަމުންދާއިރު އަލިފާން މިހާރު ކޮންޓްރޯލްކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މާފަންނު ޝީ ބިލްޑިންގް ކައިރީގައި ހުންނަ މި ގެއަކީ މީހުން ދިރިނޫޅޭ ގެ އެކެވެ.
މިގޭގައި މީގެ ކުރިންވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ.
އެ ގޮތުން ސެޕްޓެމްބަރު 2023 ގައި މި ގޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ.