މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

14 ރަށެއްގައި ސޯލާ ހަކަތަ ނިޒާމު ގާއިމް ކުރަން ހުޅުވާލައިފި

ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގެ 14 ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމުތައް ގާއިމް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިން ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި 11 މެގަވޮޓް ސޯލާ ހަކަތައިގެ ނިޒާމްތައް ގާއިމު ކުރަން ހުޅުވާލާ ކަމަށެވެ

ސޯލާ ހަކަތަ ގާއިމުކުރާ ރަށްތައް

  • ގއ. ވިލިނގިލި
  • ދ. ކުޑަހުވަދޫ
  • ށ. ފުނަދޫ
  • ޅ. ނައިފަރު
  • ލ. ފޮނަދޫ
  • ލ. ގަން
  • ލ. ހިތަދޫ
  • ލ. މާމެންދޫ
  • ލ. ކުނަހަންދޫ
  • ލ. މާބައިދޫ
  • ލ. ދަބިދޫ
  • ލ. މާވަށް
  • ލ. އިސްދޫ
  • ލ. ކަލައިދޫ

މި ރަށްތަކުގެ ސޯލާ ހަކަތައިގެ ނިޒާމުގެ މަސައްކަތަށް ޕްރީކޮލިފައި ކުރުމުގައި އަމަލު ކުރާނީ ވޯލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ގެ ދަށުންނެވެ. ޕްރީކޮލިފިކޭޝަންގައި ބައިވެރިވާން ފައިނޭންސް ގައި ރެޖިސްޓާ ވާން ޖެހޭނެ އެވެ. އަދި 1500ރ. ހެ ނޮން-ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭނެ އެވެ. ފައިސާ ބަލައިގަންނާނީ ޖޫން 17 އިން ސެޕްޓެމްބަރު ދޭކަށް ފިނޭންސް އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.

އެ ޕްރޮޖެކްޓުގެ ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯމެޓްގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެ އެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު ނުވަވަނަ ދުވަހެވެ.