ހަބަރު

ނާޒިމާއި ނަސީރުގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށްފައެއް ނެތް: އެލްޖީއޭ

Jan 15, 2015

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި އެ އޮތޯރިޓީގެ ނައިބު ރައީސް މޫސާ ނަސީރުގެ މައްޗަށް އިތުބާރުގެ ވޯޓެއް މިއަދަށް އެޖެންޑާކޮށްފައި ނުވާ ކަމަށް އެލްޖީއޭއިން ބުނެފި އެވެ.

އެލްޖީއޭގެ ރައީސާއި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ނިމިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ހުށަހެޅުއްވީ އެ އޮތޯރިޓީގެ ބޯޑް މެމްބަރު ސުޖާއު ހުސެއިން އެވެ.

އެ ހުށަހެޅުމުގެ އަޑުތައް އެކި ގޮތްގޮތަށް ފެތުރިފައި އޮތުމަށްފަހު ނާޒިމާއި ނަސީރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ނަގަން މިއަދަށް ތަވާލުކޮށްފައިވާ ކަމަށް ރެއިން ފެށިގެން ވަނީ އަޑުތައް ފެތުރި ބައެއް ނޫސްތަކުން ރިޕޯޓްވެސް ކޮށްފަ އެވެ.  ނަމަވެސް އެލްޖީއޭގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައި ނުވާ ކަމަށާއި އެއީ ބަޔަކު ފަތުރައިގެން އުޅޭ ވާހަކައެއް ކަމަށެވެ.

"އަޅުގަނުމެންގެ އެޖެންޑާއަކު ނެތް އެފަދަ މައްސަލައެއް ހިމަނާފައެއް،" އެ އޮފިޝަލު ވިދާޅުވި އެވެ.