ހަބަރު

ޗައިނާގެ ނޭވީ ކޮމާންޑަރު ޑިފެންސް މިިނިޓަރާ ބައްދަލުކޮށްފި

Nov 15, 2015
1

ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ ސެންޓްރަލް މިލިޓްރީ ކޮމިޓީގެ މެމްބަރު އަދި ނޭވީ ކޮމާންޑަރު އެޑްމިރަލް ވު ޝެންގްލީ މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އާދަމް ޝަރީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އާއ ބައްދަލު ކުރައްވައިފި އެވެ.

ވަކި ވަކިން ބޭއްވި ދެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު އާދަމް ޝަރީފާއެކު ބޭއްވުމުގައި ދެ ދެމެދުގައި އޮތް ޒަމާންވީ ގުޅުުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެޑްމިރަލް ވު ޝެންގްލީ އާއި ޗީފް އޮފް ޑިފެންސް ފޯސް، ބަންޑާރަކޮށީގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އަސްކަރީ ގުޅުުން ބަދަހިކުރުމާއި ގުޅޭގޮތުންނާއި، ދިވެހި ސިފައިންނަށް އަސްކަރީ ތަމްރީނު ދިނުމާބެހޭ ގޮތުން މަޝްވަރާކުރެއްވ އެވެ.