ހަބަރު

ޗައިނާއިން ރާއްޖެއަށް ސީ އެމްބިއުލާންސެއް ހަދިޔާކޮށްފި

Jul 12, 2018

ޗައިނާ ސަރުކާރުން ސީ އެމްބިޔުލާންސެއް އެމްއެންޑީއެފްއަށް ހަދިޔާ ކޮށްފިއެވެ. ޗައިނާ ސަރުކާރުން ސީއެމްބިއިލާންސް އެމްއެންޑީއެފްއާ ހަވާލުކުރީ މިއަދު އެވެ.

ކޯސްޓްގާޑު ބިލްޑިންގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިކަމާގުޅޭ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކަމަށް ރާއްޖެ ވަޑައިގެން އައި ޗައިނާ ވަފުދުގެ އިސް ވެރިޔާ ލެފްޓިނެންޓް ކާނަލް ޗެން ޒިއާއޯ އެވެ. ރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިފެންސްގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޒުޙައިރެވެ.


ޗައިނާއިން ހަދިޔާ ކުރީ ދިގަށް 26 މީޓަރު ހުންނަ މެޑިކަލް މިނީ ތިއޭޓަރއެއްގެ ގޮތުގައި ބޭނުންކުރެވޭ ވަރަށް ޚިދުމަތް ފޯރުކޮށްދެވޭނެ ފެސިލިޓީޒްތައް ގާއިމްކޮށްފައިވާ ސީ އެމްބިޔުލާންސްއެކެވެ.

މި އުޅަނދުގައި ބައެއް ސްކޭން ޚިދުމަތްތަކާއި، އީސީޖީގެ ޚިދުމަތާއި އައިވީގެ ހުރިހާ ފެސިލިޓީޒްއެއްގެ އިތުރުން އޮކްޖީސަން ދެވޭ ޚިދުމަތްތައް ހިމެނެ އެވެ.

މި އުޅަނދު އޮޕަރޭޓްކޮށް ބެލެހެއްޓާނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުންނެވެ.