ޗައިނާ

ޗައިނާގެ ރޮކެޓެއްގެ ބައިތައް ރާއްޖެއަށް ވެއްޓިއްޖެ

ޗައިނާ އިން ޖައްވަށް ފޮނުވައިލި ރޮކެޓެއް ބައިތަކެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވާ ކަމުގައި މައުލޫމާތު ލިބިފައިވާ ކަމަށް ސިފައިންގެ އިން ބުނެފި އެވެ.

ސިފައިންގެ އިން ބުނީ ޗައިނާ އިން ފޮނުވާލި ރޮކެޓުގެ ބައިތަކެއް ރޭގެ ވަގުތެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން އެ ކަން މިހާރު ބަލަމުން ގެން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފަ އެއް ނުވެ އެވެ.



ޗައިނާ އިން ޖައްވަށް ފޮނުވައިލި "ލޯންގް މާޗް-5ބީ" ވެހިކަލްގެ ބޮޑު ބައެއް ދުނިޔެ އަށް ވެއްޓޭނެ ކަމަށް ޗައިނާގެ މީޑިއާތަކުގައި މީގެ ކުރިން ވަނީ ރިޕޯޓް ކޮށްފަ އެވެ. މި އުޅަނދު ލޯންޗް ކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

އެ އުޅަނދު ވެއްޓޭނީ އިންޑިއަން އޯޝަނަށް ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓޭނެ ކަމަށް ޗައިނާގެ ޖައްވީ މާހިރުންނާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ޗައިނާ އެކެޑަމީ އޮފް ލޯންޗް ވެހިކަލް ޓެކްނޮލޮޖީ އިން އުފެއްދި މި އުޅަނދުގެ ބަރުދަނުގައި 18 ޓަނު ހުންނާނެ އެވެ. ދިގުމިނުގައި 108 ފޫޓް ހުރި ކަމަށް ބުނާ ރޮކެޓް ވެއްޓިފައިވަނީ ދ. އަތޮޅުގެ ހުޅަނގަށް ކަމަށް ސްޕޭސް ޑޭޓާ ޓްރެކިން އިން ދައްކަ އެވެ. އެކަމަކު ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާ އަކުން އެކަން އަދި ޔަގީންކޮށްދީފައެއް ނުވެ އެވެ.