ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.
ކޮވިޑްގައި މިރޭ 8:49 ގައި މަރުވެފައިވަނީ 75 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލީޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ. މިއީ މިއަދުގެ ތިންވަނަ މަރެވެ.
މިއަދު ފުރަތަމަ މަރުވެފައި ވަނީ 55 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ 1:30 ގަ އެވެ.
ދެން މިއަދު މަރުވެފައި ވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ފަތިހު 5:19 އިގައެވެ. އެ ދެ މީހުން ވެސް މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
މިއީ ކޮވިޑްގެ 206 ވަނަ މަރެވެ.