ޑީއެންއޭ

ހިސާން ބިލަކީ ވަކި ބައެއް ހިމާޔަތަށް ހުށައެޅި ބިލެއް: ޑީއެންއޭ

ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ގެ ބާނީ އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު --
0%
0%
0%

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލަކީ ވަކި ބައެއްގެ ހިމާޔަތުގައި ހުށައެޅި ބިލެއް ކަމަށާ އެ ބިލާ ދެކޮޅު ކަމަށް ސިޔާސީ ހަރަކާތެއް ކަމަށްވާ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ބުނެފި އެވެ.

ޑީއެންއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އިސްލާހަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނޭ ގޮތުގެ މަތިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށުއެރުމަށް މަގުފަހިވެފައިވާ ގޮތަށް ހުށަހެޅިފައިވާ އިސްލާހެއް މި އިސްލާހަކީ ބަލައިގަނެވޭނެ ބަދަލެއް ނޫން ކަމުގައި ދެކި މިކަން ޑީއެންއޭ އިން ހަރު އަޑުން ކުށްވެރި ކުރާ ކަމަށެވެ.

އެ ހަރަކާތުގެ ބަޔާނުގައި ވަނީ މިފަދަ ހައްސާސް ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލިސްގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެންބަރަކު މި އިސްލާހު މަޖިލީހަށް ބަލައިގަތުމާ ދެކޮޅު ހަދާފައިވާކަން ފާހަގަކޮށް ދެކޮޅަށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ.

"މިގޮތަށް ހުށަހެޅޭ އިސްލާހުތަކަކީ އެ އިސްލާހު ތަކެއް ފާސްވެއްޖެނަމަ ކުރިމަގުގައި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނޭ ކަންކަން ކަމުގައި ވާތީ މިފަދަ ބަދަލުތަކުގެ ސަބަބުން ވަގުތުން ވަގުތަށް އެކަންކަން ނުފެނުނު ކަމުގައިވިއަސް މިއީ ދިވެހިރާއްޖޭގެ ފަހުގެ ޖީލުތަކަށް މީގެން ބޮޑެތި އަސަރުތަކެއް ކުރާނޭ ކަންކަން ކަމުގައި ޑީއެންއޭ އިން ދެކެމެވެ،"

މީގެ އިތުރުން ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު މި އިސްލާހާ ނުރުހުންވެފައި ތިބިކަން ސަރުކާރަށް އެނގޭ ހިނދުވެސް ގައުމުގެ އަމަން ނަގާލަން މިފަދަ އިސްލާހެއް ހުށަހެޅުމަށްޓަކައި ހިތްވަރު ދީފައިވާތީ މިއީ އަދުލް އިންސާފަށް ބަލާއިރު ވަކި ބައެއްގެ ހިމާޔަތުގައި ތެދުވެވޭ ތެދުވެވުމެއްކަން ޑީއެންއޭ އިން ވަނީ ފާހަގަކޮށްފައެވެ.

"... ހައްގު ލިބެން ވާނީ ހުރިހާ އެންމެނަށް ހަމަހަމަކޮށް ކަމުގައި ގަބޫލުކުރަމެވެ. ނަމަވެސް މި ހުށަހެޅިފައިވާ އިސްލާހުގައި ވަކި ބައެއްގެ ހައްގު ކަށަވަރުކޮށް އެހެން މީހުން ވަނީ އެ ހައްގުތަކުން މަހުރޫމު ކޮށްފައިކަން ފާހަގަކުރަމެވެ. އެހެންކަމުން މި ބިލު އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށް ޑީއެންއޭގެ ފަރާތުން ގޮވާލަމެވެ. އަދި ގާނޫނަށް ގެނެވޭ މިފަދަ ބަދަލުތައް ގެނެވެންވާނީ ދިވެހިރާއްޖޭގެ ދީނީ އިލްމުވެރީންނާ މަޝްވަރާ ކުރެވި އެބޭފުޅުންގެ ލަފަޔާއި ރައުޔާ ހިލާފު ނުވާނޭ ގޮތަށް ކަމުގައި ވެސް ދެކެމެވެ،" ޑީއެންއޭގެ ބަޔާނުގައިވެއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345