ޔޫރޯ 2020 ގައި ކުޅުނު ދެ މެޗުން ވެސް އެއްވަރުވެ، ސްޕެއިންނަށް މުބާރާތުގެ ދެވަނަ ބުރާއި ދުރަށް ދިއުމުގެ ދަތުރު ދިގު ވެއްޖެ އެވެ.
ސްޕެއިންގެ އެސްޓާޑިއޯ ޑި ލަކާޓުޖާގައި މިރޭ ޕޮލެންޑާއި ބައްދަލު ކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުންނެވެ. ފުރަތަމަ ގޮލު ޖަހައި މެޗުގެ ޅީޑު ނެގީ ސްޕެއިން އެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެރާޑް މޮރޭނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހެން ހުސްކޮސް ހުރެފައި އަލްވާރޯ މޮރާޓާ އެވެ.
މީގެ އިތުރުންވެސް ސްޕެއިންއަށް މި މެޗުން މޮޅުވުމަށް ގިނަ ފުރުސަތު ތަކެއް ލިބުނެވެ. އެގޮތުން އެ ޓީމަށް ލިބުނު ޕެނަލްޓީ މޮރީނޯ އަށް ވަނީ ކާމިޔާބު ނުކުރެވިފަ އެވެ. ގޯލުގެ ކަނާތު ދަނޑިގައި ޖެހިފައި ނިކުތުމުންވެސް އެޓީމަށް ވަނީ ބޯޅަ ގޯލަށް ވައްދާލަން ފުރުސަތު ލިބި ނާކާމިޔާބު ވެފައެވެ.
ޕޮލެންޑަށްވެސް މި މެޗުން މޮޅުވުމަށް ރަނގަޅު ފުރުސަތު ތަކެއް ލިބުނެވެ. އެގޮތުން ލިބުނު ކައުންޓާ އެޓޭކް ގައި ލެވަންޑޮސްކީ މުޅިން ހުސްކޮށް ސްޕެއިންގެ ގޯލާއި ދިމާލަށް ދަނިކޮށް ޖޯޑީ އަލްބާ ވަނީ އޭނާ އަތުން ބޯޅަ ހޯދާފަ އެވެ.
މެޗުގެ ދެވަނަ ގޯލު ޖަހާ ޕޮލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޓީމުގެ ގޯލް މެޝިން ރޮބާޓް ލެވަންޑޮސްކީ އެވެ. އޭނާ މި ގޯލު ޖަހާފައި ވަނީ ޖޮޒިވިއާކް ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
އާދައިގެ މަތިން މި މެޗުގައި ވެސް ސްޕެއިން އިން ކުޅެފައި ވަނީ އެމީހުންގެ ރަސްމީ ކުޅުމެވެ. ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުދި ތިރި ޕާސްތަކެއް ޖަހައިގެންނެވެ. ޕޮލެންޑުން މިމެޗުގައި ކުޅުނީ ބޮޑަށް ކައުންޓާ އެޓޭކިންގަ އެވެ.
މި ނަތީޖާ އާއި އެކު ކުޅުނު ދެ މެޗުންވެސް އެއްވަރުވެ ސްޕެއިން އޮތީ ގްރޫޕުގެ ތިން ވަނައިގަ އެވެ. މިރޭ ދެން ކުޅުނު ޕޮލެންޑް އޮތީ މިރޭ ލިބުނު ޕޮއިންޓާއި އެކު ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި ސްވިޑެން އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ސްލޮވާކިއާ އޮތީ ދެވަނައިގައި ތިން ޕޮއިންޓު ލިބިގެންނެވެ.
މިއާއެކު މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރު ކުރުމަށް ދެން އޮތް މެޗުން މޮޅުވުން ސްޕެއިން މަޖުބޫރެވެ.