އިސްލާމިކް ކޯޕަރޭޝަން ފޯ ދި އިންޝުއަރެންސް އޮފް އިންވެސްޓްމަންޓް އެންޑް އެކްސްޕޯޓް ކްރެޑިޓް (އައިސީއައިސީ) ނުވަތަ އައިސެކް ގައި ރާއްޖެ ބައިވެރިވާން ރުހުން ދޭން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ފާސް ކޮށްފި އެވެ.
ކޮމެޓީން އެގޮތަށް ފާސްކުރީ ކޮމެޓީ މެމްބަރުންގެ އިއްތިފާގުން ނެވެ. އައިސެކަކީ މެމްބަރު ގައުމުތަކަށް ވިޔަފާރީގެ މުއާމަލާތްތައް ފުޅާކޮށް އިންވެސްޓްމަންޓްތަކުގެ ފުރުސަތުތައް ތަނަވަސްކޮށްދޭން މަސައްކަތް ކުރާ ކޯޕަަރޭޝަނެކެވެ.
އައިސެކްގެ މެމްބަރަކަށް ވާން ރާއްޖެއިން ރަސްމީކޮށް ހުށަހެޅީ 2017 ވަނަ އަހަރު އެވެ. އަދި ރާއްޖޭގެ ހުށަހެޅުމާ ގުޅިގެން އައިސެކްގެ މެމްބަރު ގައުމަކަށް ވުމަށް ސްޓޮކް އޮފް ކެޕިޓަލްގެ ގޮތުގައި 250 ހިއްސާ ސަބްސްކްރައިބް ކުރަން އެ ކޯޕަރޭޝަނުން ވަނީ ފާސްކޮށްފަ އެވެ.
އައިސެކްގައި ރާއްޖެއިން ބައިވެރިވުމުން ލިބޭ ފައިދާތަކުގެ ތެރޭގައި އިތުރު ފައިނޭންސިން ފެސިލިޓީތަކަށް ދޮރު ހުޅުވިގެން ދިއުމާއި ބޭންކް މަސްޓަރީ ޕޮލިސީގެ ދަށުން ނޮން ޕާފޯމިން ހަރުމުދާ މަދު ކުރަން އެހީތެރިކަން ފޯރުކޮށްދޭ ރިސްކް މެނޭޖްމަންޓް ހަރުދަނާ ކުރުމާއި، ބޭންކް އޮފް އިންޓަނޭޝަނަލް ސެޓެލްމަންޓް (ބީއައިއެސް) ގެ ކެޕިޓަލް އެޑިއުކްސި ރޭޝިއޯ ރަނގަޅު ކޮށްދިނުމާއި އިސްލާމީ ޝަރީއަތުގެ އޮނިގަނޑާ އެއްގޮތަށް ފައިނޭންޝިއަލް ފެސިލިޓީތައް ތައްޔާރު ކުރަން އެހީވުން ހިމެނެ އެވެ.