ރައްޔިތުންގެ މަޖިލިސް

އިމްސޯއާއި އައިއޭއެލްއޭގައި ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. އިމްސޯއާއި އައިއޭއެލްއޭގައި ބައިވެރިވުމަށް މަޖިލީހުން ވަނީ ރުހުން ދީފައި. -- ފޮޓޯ: މަޖިލިސް
0%
0%
0%

އިންޓަނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ) އަދި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް މެރިން އެއިޑްސް ޓު ނެވިގޭޝަން އެންޑް ލައިޓްހައުސް އޮތޯރިޓީ (އައިއޭއެލްއޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ބައިނަލްއަގުވާމީ މި ދެ ޖަމިއްޔާގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީންވެސް ވަނީ ރުހުން ދީފަ އެވެ.

އައިއޭއެލްއޭގައި ބައިވެރިވުމަށް ފެންނަކަމަށް މަޖިލީހުގައި ވޯޓު ދެއްވާފައިވަނީ 53 މެންބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އިމްސޯގައި ބައިވެރިވުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 49 މެންބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރެއް ވޯޓެއް ނުދެއްވަ އެވެ.

އިމްސޯގައި ބައިވެރިވުމަށް މަޖިލީހުގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވީ އެ ޖަމިއްޔާގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ރައީސް ސޯލިހަށް ލަފާއެރުވުމުންނެވެ.

ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމިއްޔާ -- އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ މެންބަރު ގައުމެކެވެ.

އިމްސޯ އުފައްދާފައިވަނީ 1979 ވަނަ އަހަރު އައިއެމްއޯގެ އެހީތެރިކަމާއެކު އެ ޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އިމްސޯއިން ކުރާ މައިގަނޑު މަސައްކަތަކީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީއެމްޑީއެސްއެސް) އާއި ލޯންގް ރޭންޖު އައިޑެންޓިފިކޭޝަން އެންޑް ޓްރެކިން އޮފް ޝިޕްސް (އެލްއާރްއައިޓީ)ގެ އެންމެހާ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ.

ޖީއެމްޑީއެސްއެސް އަދި އެލްއާރްއައިޓީ އަކީ އައިއެމްއޯގެ މުއާހަދާއެއް ކަމުގައިވާ އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) 1974 އިން އެކަންކަން މި މުއާހަދާގައި ބައިވެރިވާ ގއުމުތަކަށް ލާޒިމުކުރާ ކަމެކެވެ.

ރާއްޖެއަކީވެސް އައިއެމްއޯ އަދި ސޯލާސްގައި ބައިވެރިވެފައިވާ ގައުމެކެވެ. އަދި އިމްސޯގައި ބައިވެރިވުމަށް އައިއެމްއޯ މެންބަރު ސްޓޭޓް އޮޑިޓްގައި ވަނީ ލަފާދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910