މީޑިއާނެޓް އޮރިޖިނަލްއެއް ކަމަށްވާ "ނަފްސު" މާދަމާ މީޑިއާނެޓް މަލްޓިސްކްރީންގައި ދައްކަން ތައްޔާރުވެއްޖެ އެވެ. އަދި މިހާރު އެމްއެސްޓީވީ މެދުވެރިކޮށް އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ އިންވެސް ނަފްސު ބަލައިލެވޭނެ އެވެ.
މި ސީރީޒަކީ ބިރުވެރި އަދި ސައިކޮލޮޖިކަލް ތްރިލާއެކެވެ. 10 އެޕިސޯޑު ހިމެނޭ މި ސީރީޒްގެ ލީޑް ރޯލުން ފެނިގެންދާނީ ފިލްމީ ތަރި ޝިފާ، ސައީދު އަދި ޝަޒްލީމް އެވެ.
މި ސީރީޒުން ފެންނާނީ ވިޔަފާރިވެރިޔަކު އޭނާގެ އަންހެނުންނާއި އެކީ ތޮއްޖެހިފައިވާ މާލެއިން ބޭރަށް ޗުއްޓީއަކަށް ދާތަނުން ދިމާވާ ކަންތައް ތަކެކެވެ. ޗުއްޓީއަށް ގޮސް އެމީހުން ތިބޭ ގެސްޓް ހައުސްގައި ހިނގާ ކަންތައްތަކަކާއި އަންހެން މީހާގެ ހަޔާތުގެ މާޒީގެ ވާހަކަތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތައް ފެނެގެން ދެއެވެ.
މީޑިއާނެޓް މަލްޓި ސްކުރީނުގެ ވީޑިއޯ އޮން ޑިމާންޑުން ނަފްސު ބަލައިލެވޭނެއެވެ. މީޑިއާނެޓަށް އާ ކަސްޓަމަރުން ނުވަތަ ލޯކަލް ޕެކޭޖް ބޭނުންކުރާ ކަސްޓަމަރުން 150 ރުފިޔާއަށް އެމްއެސް ކޮމްބޯއަށް ސަބްސްކްރައިބް ކުރެއްވުމުން ލައިވް ޓީވީ ޗެނަލްތަކުގެ އިރުން ވީޑިއޯ އޮން ޑިމާންޑްގަ ހިމެނޭ ފިލްމް އަދި ސީރީސްތަށް ބަލައިލެވޭނެއެވެ. އަދި ބޭސިކް ނުވަތަ ފެމިލީ ޕެކޭޖް މިހާރު ގެންގުޅުއްވާ ފަރާތްތަކަށް 100 ރުފިޔާއިން އެމްއެސް ވީއޯޑީއަށް ސަބްސްކްރައިބް ކުރެށްވުމުން ނަފްސު ބަލައިލެވޭނެއެވެ. މީޑިއާނެޓްގެ 'ވޯންޓް އިޓް އޯލް' ޕެކޭޖް ބޭނުންކުރާ ކަސްޓަމަރުންނަށް 50ރ. އެމްއެސް ވީއޯޑީ އަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.
މިހާރު އެއްވެސް ދައްޗަކާ ނުލާ މީޑިއާނެޓު ވައިފައި ހޮޓްސްޕޮޓަށް ކަނެކްޓުކޮށްގެންވެސް މަލްޓިސްކްރީން ބަލާލެވޭނެއެވެ.
ކުޑަ ސްކުރީނުން ނުބަލާ އެމްއެސްޓީވީ މެދުވެރިކޮށް ޔޫއެޗްޑީ ޓީވީ އިންވެސް މިހާރު ނަފްސު އަދި އެހެނިހެން ވީއޯޑީ ކޮންޓެންޓް އަދި ލައިވް ޗެނަލްތަށް ބަލައިލެވޭނެއެވެ. އެމްއެސްޓީވީ އެޕްލިކޭޝަން ގޫގްލް ޕްލޭސްޓޯރުން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް މީޑިއާނެޓުން މައުލޫމާތުދެ އެވެ.