ދުނިޔެ

ރަޝިއާ އެމްބެސެޑަރު އަލުން ވޮޝިންޓަނަށް

އެމެރިކާގައި ހުންނަވާ ރަޝިއާ ސަފީރު، އެނަތަލީ އެންތަނޯފް ވޮޝިންޓަނަށް ވަޑައިގެން އަލުން މަމާގާ ހަވާލުވެ ވަޑައިގެންފި އެވެ.

ރަޝިއާއާ އެމެރިކާ ގުޅުން ގޯސްވެ އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވައި ދިން ބަހުގެ ހަމަލާތަކަށް ފަހު ދެ ގައުމު ތަމްސީލު ކުރައްވަން އެ ދެ ގައުމުގައި ތިއްބަވާ ސަފީރުން ވަނީ އަނބުރާ ގައުމަށް ގެންގޮސްފަ އެވެ. އެހެން ނަމަވެސް ދެ ގައުމުގެ ރައީސުން، ބައިޑަންއާ ޕޫޓިން ސީދާ ސީދާ ބައްދަލު ކުރެއްވުމަށް ފަހު ސަފީރުން އަލުން މަގާމަށް ރުޖޫއަ ކުރަން އެއްބަސްވެ ވަޑައިތަގީ އެވެ.

އެމެރިކާގައި ހުންނަ ރަޝިއާ އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން ސަފީރު ވޮޝިންޓަނަށް ވަޑައިގެން ޑިއުޓީއާ ހަވާލުވެ ވަޑައިގެންފި އެވެ.

އެނަތަލީ އެންތަނޯފް އެމެރިކާއަށް ވަޑައިގެން ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި މަސްލަހަތު ފުށުއަރާ ކަންކަމާ މެދު ދެކެ ވަޑައިގަންނަވާ ގޮތް އެމެރިކާގެ އޮފިޝަލުންނަށް ވިދާޅުވެ ދެއްވާނެ އެވެ. ޑިއުޓީއާ ހަވާލު ވަޑައިގެން އެމަނިކުފާނު އެންމެ ފުރަތަ ކުރައްވާނެ ކަމެއް ކަމަށް ވިދާޅުވީ އެމެރިކާގެ އޮފިޝަލުންނާ ބައްދަލު ކުރެއްވުން ކަމަށެވެ.

އެންތަނޯފް ވިދާޅުވީ ދެ ރައީސުން ބައްދަލު ކުރެއްވުން އެއީ ދެ ގައުމަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށާއި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެވުނު ގޮތަށް ރަޝިއާއިން އަމަލު ކުރާނެ ކަމަށެވެ.

އެމެރިކާއިން ރަޝިއާއަށް ދަތިކުރަން އިތުރު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވާތީ އެންތަނޯފް ވިދާޅުވީ ދަތި ކޮށްގެން ގެއްލޭނީ މަސްލަހަތު ކަމަށެވެ. އޭރަށް ސުލްހަ ވުމަށް ދެކެވޭ ވާހަކަތަކުން ކުރިއެއް ނުލިބޭނެ ކަމަށެވެ.