ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެކޮންމިކް ރިލީފް ޕެކެޖް

އިންކަމް ސަޕޯޓަށް 421 މިލިއަން ދޫކޮށްފި

Jun 21, 2021
1
އޮފީސްތަކުގެ ވަޒީފާއަށް މީހުން ދަނީ: ވަޒީފާ ނެތް މީހުންގެ އަދަދު ދަނީ އިތުރު ވަމުން --- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ | އަވަސް
0%
0%
0%

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލި އަދި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް ދޭ "އިންކަމް ސްޕޯޓް އެލަވަންސް" ގެ ގޮތުގައި 421 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް އިންކަމް ސްޕޯޓު 22,945 ފަރާތަކަށް ވަނީ ދޫކޮށްފަ އެވެ.

ކޮވިޑް-19 އިގެ ސަބަބުން ވަޒީފާ ގެއްލި އަދި ވަޒީފާއަށް އަސަރު ކުރި މީހުންނަށް "ޖޮބް ސެންޓަރު" މެދުވެރިކޮށް ދެމުން ގެންދާ އިންކަމް ސްޕޯޓް އެލަވަންސަކީ ސަރުކާރުންތައާރަފުކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ބައެކެވެ. އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކުރަނީ 5،000ރ. އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ. ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 45،000 ވަޒީފާ އަކަށް އަސަރު ކޮށްފައިވެ އެވެ.

ޓޫރިޒަމް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާ އެއް ކަމަށްވާ ޓޫރިޒަމް އެމްޕްލޯއީމަންޓް އެސޯސިއޭޝަން (ޓީމް) އިން ބުނެފައިވާ ގޮތުގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 11،000 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ "ނޯޕޭ ލީވް" ދީ ގެއަށް ފޮނުވާލާފަ އެވެ. އަދި ގައުމީ ޔުނިވާސިޓީ އިން ކުރި ދިރާސާ އަކުން ދެއްކި ގޮތުގައި ސާވޭގައި ބައިވެރިވި ވަޒީފާތަކުގައި މަސައްކަތް ކުރާ މިހުންގެ ތެރެއިން ކޮންމެ 10 މީހަކުން ފަސް މީހެއްގެ ވަޒީފާ އަށް ވަނީ އަސަރު ކޮށްފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910