ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އެޕް: ބޭނުންވި ބަދަލުތަކާއެކު ފުރިހަމަކަން

Jun 22, 2021
1

ކޮވިޑް-19 އިގެ ފެތުރެން ފެށުމުން ގިނަ ބަޔަކު ނަގުދު ފައިސާގެ ބަދަލުގައި އިންޓަނެޓު ބޭންކިން ހިދުމަތަށް ބަރޯސާވި އެވެ. ވިޔަފާރި ތަކުން ހިޔާރުކުރި ޕޭމަންޓް މެތަޑަކީ "އިންޓަނެޓު" ބޭންކިން އެވެ. މަސް ވިއްކާ މީހާ ވެސް ބާކީ ފައިސާ ދިނުމުގައި ބަދަލުގައި ބުނަނީ އިންޓަނެޓު ބޭންކިން އިން ފައިސާ ފޮނުވުމަށެވެ. ދިނީ އެކައުންޓް ނަމްބަރެވެ. ޒަމާނީ ޕޭމަންޓް ސިސްޓަމެއް ގައުމީ ފެންވަރުގައި ނެތްނަމަވެސް މިހާލަތާއެކު ގައުމީ ޕޭމަންޓް ވަސީލަތަކަށް ބީއެމްއެލް މޮބައިލް އެޕްވި އެވެ.- އެކަމަކު 2015 ވަނަ އަހަރު ނެރުނު މި އެޕުގައި ދަތިތަކެއް ހުއްޓެވެ.

ރާއްޖޭގައި ފުރަތަމަ ތައާރަފުކުރި އިންޓަނެޓު ބޭންކިންގެ މި އެޕު އޮތީ ބޮޑު ބަދަލަކަށް ބޭނުންވެފަ އެވެ. ކަސްޓަމަރުންގެ އެދުމަކީ މިއެވެ. އެހެންވެ، އެންމެ ރަނގަޅު ވަގުތު ބަލައި ބީއެމްއެލް އިން މިވަނީ މި އެޕަަށް ބޮޑެތި ބަދަލު ތަކެއް ގެނެސްދީފަ އެވެ. ބީއެމްއެލް އެޕަށް އަލަށް ގެނައި ބަދަލުތައް ކަމުދޭ ހެއްޔެވެ؟ އާ މޮބައިލް އެޕުން ލިބޭ ފަސޭހަ ތަކަކީ ކޮބައި ހެއްޔެވެ؟

ބީއެމްއެލް އެޕަށް މި ބަދަލުތައް ގެނެސްފައި ވަނީ ކަސްޓަމަރުންނަށް ފޯރު ކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް އެންމެ ޒަމާނީ ޓެކްނޮލަޖީއާއެކު ބޭންކިންގެ ހިދުމަތް ފަސޭހަ ކަމާއެކު ފޯރު ކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މިހާރު ބީއެމްއެލްގެ އާ އެޕް އެޕަލް ސްޓޯރުންނާއި ގޫގުޕް ޕްލޭ އިން ވެސް ޑައުންލޯޑް ކޮށްލެވޭނެ އެވެ. 

ޓްރާންސްފާ ސްލިޕް ސޭވްކޮށް، ބަލާލެވޭ

ބީއެމްއެލް އާ މޮބައިލް އެޕްލިކޭޝަން އަށް ގެނައި ބަދަލުތަކާއެކު ކުރިން ކުރިމަތި ކުރުވި ގިނަ ދަތިތަކެއްގެ ހައްލު ވަނީ ގެނެސްދީފަ އެވެ. ކުރިން އެޕްގައި ހުރި އެންމެ ބޮޑު އެއް ދައްޗަކީ އެކައުންޓުން ފައިސާ ޓްރާންސްފަރު ކުރާއިރު އެކައުންޓް ނަމްބަރު ޖަހާލުމުން އެކައުންޓްގެ ވެރިފަރާތް ނޭނގުމެވެ. މިކަން ވަނީ ނަމަވެސް މިހާރު ގެނެސްދިން ބަދަލާއެކު ފައިސާ ފޮނުވާ ފަރާތް އިތުރަށް ކަށަވަރު ވެގެންދާނެ އެވެ. މިހާރުގެ އެޕުން އެކައުންޓު ނަމްބަރު އެޑުކުރުމާއެކު ނަން ފެނިގެން ދާނެ އެވެ.

އެޕަށް އައި ކުއިކްޕޭ، ބޮޑު ފަސޭހައެއް

މުޅި އެޕުގެ ފޭސްއެއްކޮށް ބަދަލު ކޮށްލާފައި ވާއިރު މިހާރު މިއީ "ޔޫޒާ ފްރެންޑްލީ އެޕެއް" ކަމަށް ބުނެވިދާނެ އެވެ. ހަމައެކަނި ކޮށްލަން ޖެހޭ ކަމަކީ މިއަށް ހޭނިލުމެވެ. މޮބައިލް އެޕުމް މިހާރު ލިބޭ އަނެއް ފަސޭހައަކީ "ޕާސަނަލް އަދި ވިޔަފާރި ޕްރޮފައިލް" ހިމަނާލުމެވެ. މިހާރު އަމިއްލަ އަދި ވިޔަފާރީގެ މުއާމަލާތްތައް މި އެޕްމެދުވެރިކޮށް މިހާރު ހިންގާލެވޭނެ އެވެ.

ފަސޭހަ ގޮތް ފަސޭހަ އެވެ. ކޮންމެ މީހަކު ވެސް ބޭނުން ވާނީ ފުއްޓަކެއް ޖަހާލާފާ ފަސޭހަ އިން ހިދުމަތް ލިބޭށެވެ. އެކަން ދެމެގަނެ ބީއެމްއެލްގެ އެޕުގައި މި ފަހަރު ވަނީ "ކުއިކް ޕޭ" ގެ ސިފަ ހިމަނާފަ އެވެ. މިއީ ފައިސާ ފޮނުވާ ފަރާތް ކޮންޓެކްޓް ލިސްޓަށް އިތުރު ކުރަން ނުޖެހި ފައިސާ ފޮނުވާލެވޭނެ ލުއި ހިދުމަތެވެ.

ކުރީގެ އެޕުގައި ހުރި އިތުރު ދައްޗެކެވެ؛ ފައިސާ ފޮނުވުމަށްފަހު ރިސިޓް ސޭވެއް ނުވެ އެވެ. އެކަމަކު މިހާރު ގެނެސްފައިވާ ބަދަލާއެކު މުއާމަލާތުގެ ރިސިޕްޓް ސޭވް ކުރެވޭނެ އެވެ. މި ވަރުން ނިމުނީއެއް ނޫނެވެ. މިއާއެކު ކޮށްފައިވާ މުއާމަލާތްތަކުގެ ރިސިޕްޓް ކޮންމެ ވަގުތަކު ވެސް މިހާރު ބަލާލެވޭނެ އެވެ. އަދި އެހެން ފަރާތަކަށް ފޮނުވާ ވެސް ލެވޭނެ އެވެ.

މޮބައިލް އެޕުން ހިދުމަތްތަކަށް އެދެވޭ

އޮފީސްތަކަށް ނުގޮސް ގޭގައި ތިބެގެން ހިދުމަތް ހޯދޭނެ ފަސޭހަ ގޮތް ބޭނުންވެ އެވެ. ކުރިން މޮބައިލް އެޕް މެދުވެރިކޮށް މި ހިދުމަތް ތަކެއް ނުލިބެ އެވެ. އެހެންވެ ޖެނެނީ ބޭންކް އަށް ލިއުމެއް ހުށަހަޅާނަމަ ބްރައުޒާ އިން އޮންލައިން ވާން ޖެހެ އެވެ. އެކަަމަކު މިހާރު މި އެޕް މެދުވެރިކޮށް ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ބީއެމްއެލް އިން ދިވެހިން ޓިޖިޓަލް ދުނިޔެ އަށް ގެންދިއިރު ހިދުމަތް ހޯދާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. މީގެ ހައްކަކީ މިދިޔަ އަހަރު 73 މިލިއަން ޓްރާންސެކްޝަން ޑިޖިޓަލް ޗެނަލްތަކުން ކުރުމެވެ. އެހެންވެ މިހާރު އެޕަށް ގެނައި މި ބަދަލާއެކު އިތުރަށް ފަސޭހަ ވެސް މި ހިދުމަތް ބޭނުންކުރާތަން ފެނިގެންދާނެ އެވެ.