ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 79 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުުރު މީހަކު މަރުވެއްޖެ އެވެ.

މިރޭ މަރުވެފައިވަނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް މީހެކެވެ. އެއީ 79 އަހަރުގެ ދިވެހި އަންހެނެެކެވެ.

މިއީ ރާއްޖޭގެ 207 ވަނަ ކޮވިޑް މަރެވެެ.

ކޮވިޑްގައި އިތުރު މީހަކު މަރުވިއިރު މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 72،149 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 4،784 މީހުންނެވެ. މިހާތަނަށް 67،148 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 44 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.