ވެލިގަނޑު އައިލެންޑް ރިސޯޓް

ދުނިޔޭގެ އެންމެ ރީތި ބީޗު އޮތް ގައުމަކަށް ރާއްޖެ

Jun 22, 2021
3

ދުނިޔޭގެ އެންމެ ރީތި ބީޗް އޮން މަންޒިލެއް ހޮވަން ބޭއްވި ވޯޓުގައި އެންމެ ރީތި ބީޗު އޮތް ގައުމަކަށް ރާއްޖެ ހޮވިއްޖެ އެވެ.

ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބީޗްގައި ރާއްޖޭގެ ފަރާތުން ވާދަ ކުރީ ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާ އެވެ. ސީޝެލްގެ ފަރާތުން ވާދަ ކުރީ އަންސާ ކޮކޯ ރިސޯޓެވެ. އޮންލައިންކޮށް ބޭއްވި ވޯޓުގައި ދުނިޔޭގެ އެކި ގައުމުތަކުން ވޯޓު ދީފައިވެ އެވެ. ވަގުތު ހަމަވީއިރު ރާއްޖެއަށް 51 ޕަސެންޓް ލިބުނުއިރު، ސީޝެލްސް އަށް ލިބިފައި ވަނީ 49 ޕަސެންޓެވެ.

"ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބީޗް" އިންތިޒާމު ކުރީ އޮންލައިން ސައިޓެއް ކަމަށްވާ ކިވީސްޑޮޓްކޮމްއިންނެވެ. "ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބީޗް" ގައި ރާއްޖޭން ސީޝެލްއާ ވާދަ ކުރަން ވޯޓަކަށް ގޮސްފައި ވަނީ ގިނަ ގައުމު ތަކެއް ބޮޑު ތަނުން ބަލި ކޮށްފަ އެވެ. ރާއްޖޭން ވަނީ ދުނިޔޭގެ މަޝްހޫރު ބީޗްތައް ހުރި ގައުމުތައް ކަމަށްވާ ގްރީސް އާއި ޕޯޗުގަލް ވެސް ބަލި ކޮށްފަ އެވެ.