މީހުން މެރުން

މަރާލި ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ

ރޭ މާރާލި ކުޑަ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހަދަން ފުލުހުން ނިންމައިފި އެވެ.

ރަހީނު ކުރުމަށް ފަހު މަރާލާލާފައި ވަނީ އުމުރުން 13 އަހަރުގެ ކުއްޖެކެވެ. އޭނާއަކީ ދެކުނުގެ ގދ. މަޑަވެއްޔަށް ނިސްބަތްވާ ކުއްޖެކެވެ. ފުލުހުން މިއަދު ބުނީ އެ ކުއްޖާ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓު މޯޓަމް އެގްޒަމިނޭޝަނެއް ހަދަން ރާއްޖެއިން ބޭރަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އޭނާގެ ޕޯސްޓްމޯޓަމް ހަދަނީ އިންޑިއާގައި ކަމަށް ވެއެވެ. އެކަމަކު ފުލުހުން އެ މައުލޫމާތެއް ނުދެ އެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު އޭނާ މަރާލައި އެއްލާލާފައި އޮތީ ރޭ މެންދަމު ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދަށެވެ. މޫދުތެރޭ އޭނާ އޮތީ ފޮށިގަނޑެއްގެ ތެރޭގަ އެވެ.

އޭނާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރުކުރި ދެ މީހުންނަކީ ކުއްޖާގެ ދެ އެކުވެރިން ކަމަށްވެއެވެ. މި މައްސަލަ ފުލުހާއި ހިއުމަންރައިޓްސް ކޮމިޝަންގެ އިތުރުން މަޖިލީހުން ވެސް ދަނީ ބަލަމުންނެވެ. މި މައްސަލާގައި ތަފުސީލްތަކެއް ފުލުހުން އަދި ނުދެ އެވެ.