ރާއިފް މަރާލުން

ރާއިފަށް އިންސާފު ހޯދަން ކުއްލި މައްސަލައެއް

މަޑަވެލި މެންބަރު ހުސައިން ފިރުޝާން
100%
0%
0%

މަރާލުމަށް ފަހު ހުޅުމާލޭގެ ސަރަހައްދެއްގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރަށް އިންސާފު ހޯދައި ދިނުމަށް އެދި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން މިއަދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން 44 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ރާއިފް ފެނުނީ އަންގާރަ ދުވަހުގެ މެންދަމު 2:30 އެހާކަންހާއިރު ދެވަނަ ފިޔަވަހީގެ ސަރަހައްދަކުންނެވެ. ގދ. މަޑަވެއްޔަށް ނިސްބާތްވާ ރާއިފް މަރާލައިފައި އޮއްވާ ފެނުމުގެ ކުރިން އޭނާ ރަހީނު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހަށް ވެސް އޮތީ ހުށަހަޅައިފަ އެވެ. ފުލުހުން އައީ އެ މައްސަލަ ބަލަމުންނެވެ.

މަޖިލީހަށް މައްސަލަ ހުށަހަޅުއްވަމުން ފިރުޝާން މިއަދު ވިދާޅުވީ އެ ހާދިސާއިން ކުއްލި ސިހުމެއް ގައުމަށް އައި ކަމަށެވެ. އަދި ރާއިފަކީ ޖެންޑާ މިނިސްޓްރީން އެހީތެރިކަން ފޯރު ކޮށްދެމުން އައި ކުއްޖަކަށް ވެފައި އެކަމުގައި އިހުމާލެއްވޭތޯ ބަލައި އެފަދަ މައްސަލަތަކުގެ އަސްލު ދެނެގަނެ އެކަންކަން ނުހިނގާނެ ގޮތަށް ކަންތައްތައް ރާވައި ވީހާވެސް އަވަހަށް ރާއިފްއަށް އިންސާފު ހޯދައިދޭން ގޮވާލައްވާ ކަމަށެވެ.

ރާއިފަށް އިންސާފު ހޯދައިދީ އަދި މުވައްސަސާތަައް އިހުމާލުވެފައިވޭތޯ ބަލަން ފިރުޝާން ހުށަހެޅުއްވި އިރު މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީ މިހާރު ވެސް ދަނީ އެ ކަމުގައި އިދާރާތައް އިހުމާލުވެފައިވޭތޯ ބަލަން ފަށައިފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޠާއިފަ

ޢާނ ހޫނ! މިމެމްބަރު އެއޗެކޭ ނުބުނެފިއްޔާ ގޯސްވާނެތާ ދޯ ‘އިމޭޖް’ އަށް އަހަރުންނަށް ގެޓުވޭ

ޟަޖިލިސް

ދެން މަޖިލިސް ކަންތަކަށް ބޯކޮށްޕައިގެނއ ވަނީ ކޮންކަމެއްތަ. ދުއްޕާން ނޫން ކަމެއް ވާހެން ވަރެއް ހީނުވޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345