ސައުދީ އަރަބިއްޔާގެ ދެ ސަރަހައްދަކަށް އަމާޒުކޮށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ސަރުކާރުން ކުށްވެރިކޮށްފައި މިވަނީ ޑްރޯން ބޭނުންކޮށްހެން ސައުދީގެ ޚަމިސް މުޝައިތް އަދި ނަޖްރާން އަށް އަމާޒުކޮށް ދިން ހަމަލާތަކެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާންމުންނަށް އަމާޒުކޮށްގެން ސައުދީގައި ދިން ފަދަ ހަމަލާތައް އިތުރުވެގެން ދިއުމަކީ އެ ސަރަހައްދުގެ ސުލްހަ މަސަލަސް ކަމަށް ހުރަސް އެޅޭ ކަމެކެވެ.
ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު މަޝްވަރާކޮށްގެން ސައުދީ ހިމެނޭ ސަރަހައްދަށް ހަމަޖެހުން ގެނައުން މުހިއްމު ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށްވެސް ބުނެފައިވެ އެވެ.
ސަރުކާރުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހި ސަރުކާރު އޮތީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި، ސައޫދީގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައާ ގުޅިގެން ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ދިވެހި ސަރުކާރުން ވަނީ ދީފަ އެވެ.
ޑްރޯޑް ބޭނުންކޮށްގެން ސައުދީ އަރަބިއްޔާ އަށް ދީފައިވާ ހަމަލާތަކުގެ ޒިންމާ ޔަމަންގެ ހޫތީ ހަނގުރާމަވެރިން ވަނީ ނަގާފަ އެވެ.
ސައުދީ އަރަބިއްޔާގެ މަޣުރިބްގެ ގޭސް ސްޓޭޝަނަކަށް ހޫތީ ހަނގުރާމަވެރިން މިދިޔަ ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާތަކެއްގައި 17 މީހަކު ވަނީ މަރާލާފަ އެވެ. މީގެތެރޭގައި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ.