ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ޖިމްތައް ހުޅުވަން ހުއްދަ ދީފި

މާލެ ސަރަހައްދުގައި ހިންގާ ޖިމްތައް ހުޅުވުމުގެ ހުއްދަ ދޭން ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

ޖިމްތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން ފެށިގެން އިރުއޮއްސި ހައެއް ޖަހަން ދެނެވެ. ނަމަވެސް ގުރޫޕް ކްލާސްތައް އަދިވެސް މަނަލެވެ.

އެޗްއީއޯސީން މިރޭ ބުނީ ޖިމްތައް ހުޅުވަން ހުއްދި ދިން ނަމަވެސް ޖިމްތައް ހުޅުވޭނީ އެޗްޕީއޭއިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް ތަނުގެ ހާލަތު ހުރިކަން އަންގައިދޭ ޕްލޭން ހުށައެޅުމުންނެވެ. އެ ޕްލޭން ހުށައެޅުމުން އެޗްޕީއޭއިން އިސްޕެކްޓްކޮށް ހުއްދަ ދޭނެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން މީގެ މަހެއްހާ ދުވަސްކުރިން ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގާ އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރުގައި އުޅުން މަނާކުރި އެވެ. އެ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވެނީ ފުލުހުން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދޫކޮށްފައިވަނީވެސް ކޮންމެ ގޭބީސީއަކަށް ދެ މީހަކަށެވެ.

އެ ފިޔަވަޅުތަކަށް ތިން ހަފްތާވުމުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ކާފިއު ވަގުތު ކުރުކޮށް ބައެއް ލުއިތައް ދިނެވެ. އެގޮތުން ކާފިއު ވަގުތު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކުރި ކުރިއެވެ. އަދި ފަތިހު ހަތަރަކުން ހެނދުނު އަށަކަށް އެކަނި ކުރާ ކަސްރަތު ތަކަށް ހުއްދަ ދިނެވެ. މީގެ އިތުރުން ވަކިން ނަމާދު ކުރުމަށް މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތައް ވަނީ ހުޅުވާލާފައެވެ.

މިރޭ އިއުލާނުކުރި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ކާފިއު ވަގުތު 10 ގަޑިއިރަށް ކުރުކުރުމާއި ރަށްރަށަށް ދަތުރުކުރުމުގައި ބައެއް ލުއިތައް ދިނުން އަދި ޓޭކް އަވޭގެ ހިދުމަތް ދެވޭ ވަގުތު އިރުއޮއްސި ހަޔަކާ ހަމަައަށް ވަނީ ހުއްދަ ދީފައެވެ.