ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާ ބޯޑަރު 2022 އާ ޖެހެންދެން ނުހުޅުވާނެ

ޗައިނާގައި ކޮވިޑާ ގުޅިގެން އަޅާފައި ހުރި ފިޔަވަޅުތަކަށް މާބޮޑު ލުޔެއް ނުދޭނެ ކަމަށް ވޯލް ސްޓްރީން ޖާނަލުން ބުނެފި އެވެ. ޗައިނާ ސްޓޭޓް ކައުންސިލުން މިހާރު ނިންމާފައި ވަނީ ބޯޑަރު ބަންދު ކޮށްފައި އޮތް އޮތުން 2022 މެދާ ޖެހެން ދެން ދަމަހައްޓައި ކިރިޔާ ފުދޭވަރަށް ހިދުމަތް ދިނުމަށް ކަމަށް ރިޕޯޓްގައި ވެއެވެ.

ސްޓޭޓް ކައުންސިލުން މިގޮތަށް އިޚުތިޔާރު ކުރީ ކޮވިޑްގެ ވޭރިއަންޓްތައް ޗައިނާއަށް ވަދެގަނެ މުޅި ގައުމު ޚަރާބު ކޮށްފާނެތީ ކަމަށް ވެއެވެ. އިންޑިއާގައި އުފަންވި ޑެލްޓާ ވޭރިއަންޓް ބައެއް ވެކްސިނަށް ވެސް ނުގުޑާ ކަމަށް ޗައިނާއިން ބުނެ އެވެ. އެހެން ކަމުން ވޭރިއަންޓްތައް މައިތިރި ކުރެވޭނެ ގޮތެއް ދިރާސާ ކުރެވެންދެން ބޯޑަރު ހަރުކަށިކޮށްފައި ބާއްވަން ޗައިނާއިން ނިންމީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރު ފެބްރުއަރީގައި އޮންނަ ވިންޓާ އޮލިމްޕިކްސް 2022، އެހެން ގައުމެއްގައި މި މުބާރާތް ބާއްވާފައި ނުވާހައި ފުރިހައަށް އިންތިޒާމް ކުރަން ޗައިނާ ބޭނުންވެ އެވެ. އެހެން ކަމުން ކޮވިޑްގެ ހާލަތު ތައްކަތު ކުރުމަށް އެ ގައުމުން ބޮޑު އިސްކަމެއް ދެ އެވެ.

ޗައިނާއަށް ކޮވިޑްގެ އާ ވޭރިއަންޓްތައް ވަނުން ކޮންޓްރޯލް ކުރުމަށްޓަކައި 14 ދުވަހަށް ކަރަންޓީން ކުރުމާއި ޓެސްޓް ކުރުން މިހާރެކޭ އެއްގޮތަށް ދެމި އޮންނާނެ ކަމަށްވެ އެވެ. ކޮވިޑަށް ވެކްސިން ދިނުމުގައި ވެސް ޗައިނާއިން ވަނީ އާބާދީގެ 16 ޕަސެންޓަށް ވެކްސިން ފުރިހަމަ ކުރުމަށް ގަދަބާރުލާފަ އެވެ.