ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"އެމެރިކާއަށް އެންމެ ނުރައްކަލީ ޑެލްޓާ ވޭރިއަންޓް"

އެމެރިކާއިން ކޮވިޑް ނައްތާލަން ކުރަމުން ގެންދާ މަސައްކަތްތަކަށް މިހާރު އެންމެ ބޮޑަށް ހުރަސް އަޅަނީ ޑެލްޓާ ވޭރިއަންޓް ކަމަށް ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ. ފައުޗީ ވިދާޅުވީ މި ވޭރިއަންޓް ފެތުރިގަންނަނީ މާބާރަށް ކަމަށާއި މަތަ ކުރާނެ ގޮތެއް ކިޔައިދޭން ވަގުތު ނަގާނެ ކަމަށެވެ.

ފައުޗީއަކީ ސިއްހީ ދާއިރާގެ ތަޖުރިބާކާރެކެވެ. އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒަސްގެ ޑައިރެކްޓަރެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ސިއްހަތާ ގުޅުން ހުރި ކަންތައްތަކުގައި އިރުޝާދު ދެއްވަނީ ވެސް އޭނާ އެވެ.

ފައުޗީގެ މަގާމުގެ ހައިސިއްޔަތުން ކުރައްވާފައިވާ މަސައްކަތްތައް ވަރަށް ގިނަ މީހުން ވަނީ ބަލައިގެންފަ އެވެ. އަދި އޭނާ ދެއްވާ އިރުޝާދުތަކަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނަޢި ފަރުދުން ލޯބި ކުރެ އެވެ. އެވެނި މިވެނި ކަމެއް ވަކި ބައްޔަކަށް ރަނގަޅުވާނެ ކަމަށް ފައުޗީ ވިދާޅުވި ކަމަށް ބުނެވުނަސް އެގޮތަކަށް ކިތަންމެ ބަޔަކު އަމަލުކުރާނެ އެވެ.

ފައުޗީ ވިދާޅުވީ ކޮވިޑް ކޮންޓްރޯލްކުރަން އޮތް އުންމީދަކީ ވެކްސިން ކަމަށާއި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ފުރިހަމަކޮށްގެން ނޫން ގޮތަކަށް ކޮޅެއް މެދެއް އަދި ވެސް ފެންނަން ނެތް ކަމަށެވެ.