ދެމެހެއްޓެނިވި މަސްވެރިކަން ކުރިއަރުވާ ބައިނަލް އަގުވާމީ ޖަމިއްޔާއެއް ކަމަންވާ ފްރެންޑް އޮފަ ދަ ސީ އިން ބޭންކޮކް ގައި ބޭއްވި "ވަން ޓު ވަން" ކޮންފަރެންސްގައި މިފްކޯއިން ބައިވެރިވެޖެ އެވެ.
މިމަހުގެ 9 އިން 12 އަށް ބޭއްވި އެ ކޮންފަރެންސްގައި ދުނިޔޭގެ ނަން މަޝްހޫރި ހޮޓެލް ޗެއިންތަކާއި ސްޕަމާކެޓް ޗެއިންތަކާއި ތިމާވެއްޓާއި ރަހުމަތްތެރި ކާބޯތަކެތި ޕްރޮމޯޓް ކުރާ ނޫސް މަޖައްލާތަކާއި އެކީ ވަކިވަކީން ރާއްޖޭގެ މަސްވެރިކަމާބެހޭ ބައްދަލުވުންތައް ބާއްވައި މި ބައްދަލުވުން ތަކުގެ ރާއްޖޭގެ މަސްވެރިކަމާއި މިފްކޯގެ ޕްރޮޑަކްތަކުގެ ޕްރެޒެންޓޭޝަނެެއް ދިނެވެ.
މިފްކޯއިން ބުނީ ދުނިޔޭގެ ނަން މަޝްހޫރު ސްޕަމާކެޓް އަދި ރީޓެއިލް ޗެއިންތަކުން މިހާރު ވަނީ ދެމެހެއްޓެނިވި މަސްވެރި ކަމުން ބާނާ މަހަށް ހާއްސަ ސަމާލުކަމެއްދީފައި ކަމަށާއި ގިނަ ހޮޓެލް އަދި ރެސްޓޯރެންޓް ޗެއިންތަކުން ވަނީ އެތަންތާގެ މެނިއުގައި ދެމެހެއްޓެނިވި މަސްވަރިކަމުން ބާނާ މަހުން އުފައްދާ "ޑިޝްތައް" ހިމަނައި މިކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެންނަންބޭނުންވެފައި ކަމަށެވެ.
އެ ކުންފުނިން ބުނީ މިސެމިނާގައި ބައިވެރިވި ހުރިހާ ނޫސް މަޖައްލާތަކުގެ އަމާޒު ހުއްޓިގެންދިޔައީ ރާއްޖޭގައި މިކުރެވޭ ދޮށީގެ މަސްވެރިކަމަށް ކަމަށް ހުއްޓުނު ކަމަށެވެ.
ކޮންފަރެސްގައި މިފްކޯއިން ރާއްޖޭގައި އުފައްދާ މަސްދަޅު ވީހާވެސް ގިނަ މާކެޓްތަކަށް ތައާރަފްކޮށް ރަނގަޅު މާކެޓްތައް ހޯދަން މަސައްކަތް ކުރި އެވެ. މިފްކޯ އިން ބުނީ ފެލިވަރު ކޭނަރީގައި އަލުން 50 ޓަނު އުފެއްދޭ ގޮތަށް އަޕްގްރޭޑް ވެގެންދާ މި ދަނޑިވަޅުގައި ދަޅުމަހަށް ރަނގަޅު އަގު ހޯދައި ގަނޑުކުރި ރޯމަސް އެކްސްޕޯރޓް ކުރެވޭ މިންވަރު ވީހާވެސް މަދުކޮށް މަސްވެރިންނަން ވީހާވެސް ބޮޑު ނަފަޔެއް ހޯދައި ދިނުމަކީ މިފްކޯގެ އެން ބޮޑު އެއް އަމާޒެވެ.