ކަނޑުމަތީގެ ހާދިސާ

ދެ ދޯންޏެއް އެކްސިޑެންޓްވެ މީހަކަށް އަނިޔާވެއްޖެ

Nov 16, 2015
1

ހުޅުމާލެ ކައިރިން ދަތުރު ކުރި ކައްނެލި ދޯއްޏަކާއި މުދާ އުފުލާ ދޯއްޏެއްޖެހި، ހިނގި އެކްސިޑެންޓެއްގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެ ފަރުވާދޭން ފަށައިި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 8:10 ހާއިރު ހިނގި އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ މުދާ އުފުލާ ދޯނީގައި ހުރި މީހަކަށެވެ. ފުލުހުންގެ އެހީތެރިކަމާއެކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެމީހާއަށް ލިބުނީ ގެއްލުންތަކުގެ ތަފުސީލެއް އަދި ސާފެއް ނުވެ އެވެ.

މި އެކްސިޑެންޓްގައި ދެ ދޯއްޏަށްވެސް އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ. އެގޮތުން، ލިބުނު ގެއްލުންތަކުގެ ސަބަބުން މުދާއުފުލާދޯނި ދިޔަވެ އަޑިއަށްދާތީ މިހާރުވަނީ ހުޅުމާލެ ކަނޑިންމަ ކައިރިން ނެރުމައްޗަށް ބީއްސާލާފައެވެ. ކައްނެލި ދޯނި ވަނީ ހުޅުމާލެ ފަޅުތެރެއަށް ވައްދާފައެވެ.
\
އެކްސިޑެންޓްގެ މައްސަލަ މެރިން ޕޮލިސް އިން ގެންދަނީ ބަލައި ތަހުގީގު ކުރަމުންނެވެ. (ތަފުސީލް އަންނަނީ)