ހަބަރު

ނުކުޅެދޭ ކުއްޖަކާ ބެހުނު 58 އަހަރުގެ މުސްކުޅިއަކު ޖަލުގައި މަރުވެއްޖެ

Jan 15, 2015
1

މާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއެއް ރޭ ފަތިހު މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ގެ ބެލުމުގެ ދަށުގައި ހުންނަ މާލޭ ޖަލުގައި ހުކުމްތަންފީޒް ކުރަމުންދިޔަ މުޙައްމަދު އިބްރާހިމް 85، އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ މުހައްމަދު އިބްރާހިމް މަރުވީ  ރޭ މެންދަމު 3:18 އެހާކަންހާއިރު ކަމަށެވެ. ރޭ އޭނާއަށް ނޭވާލުމަށް އުދަގޫވެގެން އުޅުމުން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި ނަމަވެސް ޑޮކްޓަރު ބައްލެވުމަށްފަހު މުޙައްމަދު އިބްރާހިމް މަރުވެފައިވާ ކަމަށް އެންގި ކަމަށެވެ.

މުހައްމަދު އިބްރާހިމްއަކީ ނުކުޅެދުންތެރިކަން ހުންނަ ކުޑަ ކުއްޖަކާ ބަދުއަހުލާގީ އަމަލުހިންގުމުގެ ކުށް ސާބިތުވެގެން  މާޗް 26، 2013 ގައި 10 އަހަރަށް ޖަލަށްލާފައިވާ މީހެކެވެ.