ޕެރިސް ހަމަލާ ފަދަ ހަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް، އިންސާނީ ހައްގުތަކަށް ކަމޭހިތުމަށްވުރެ އަމިއްލަ ސަލާމަތަށް ސަމާލުކަންދިނުން ޔޫރަޕަށް މާ މުހިންމު ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު މޯޝޭ ޔާލޯން ވިދާޅުވެއްޖެއެވެ.
ޔާލޯން މި އިޝާރާތް ކުރައްވަނީ ޔޫރަޕުން އިންސާނީ ހައްގެއް ކަމަށް ގަބޫލުކޮށް ރެފިއުޖީންނަށް ހިމާޔަތްދޭ ދިނުމަށް ކަމަށް ބެލެވެއެވެ.
ޔާލޯން ވިދާޅުވީ މިހާތަނަށް ޔޫރަޕު އަބަދުވެސް ބުރަ ވަނީ އިންސާނީ ހައްގުތަކުގެ ފަޅިއަށް ކަމަށާއި އެކަމަކު އެގޮތަށް ދެން ހެދެން ނެތް ކަމަށެވެ. މިގޮތުން ޓެރަރިސްޓުންނަށް މިހާރަށްވުރެ ކައިރިން ފާރަލާން ޖެހޭ ކަމަށާއި ތުރުކީއާއި ހިސާބުން އަޅަން ޖެހޭ ފިޔަވަޅުތައް މުހިންމު ކަމަށެވެ. މިގޮތުން ޔޫރަޕުން އައިއެސްއާއި ގުޅެން ދާ މީހުން ތުރުކީއާއި ހިސާބުން ދެނެގަނެ ހުއްޓުވުމުގެ މުހިންމު ކަން ބޮޑު ކަމަށް ޔާލޯން ވިދާޅުވިއެވެ.
ޕެރިހުގެ ހާދިސާއާއި ގުޅިގެން މުސްލިމް ރެފިއުޖީންނަށާއި ޔޫރަޕްގައި ދިރިއުޅޭ މުސްލިމުންނަށް ވަނީ ފިއްތުންތައް ކުރިމަތިވެފައެވެ. މުސްލިމް ބައެއް ލީޑަރުންނާއި އެހެން ބައެއް ފަރާތްތަކުން ވެސް ދަނީ އައިއެސް ފަދަ ހައްދު ފަހަނަ އަޅާފަކއިވާ ޖަމާއަތްތަކާ ރަނގަޅު ގޮތުގައި ތިބި މުސްލިމުންގެ ތަފާތު ދުނިޔެއަށް ދައްކައި ދިނުމަށް މަސައްކަތް ކުރަމުންނެވެ.