ދުނިޔެ

ޖޯން މެކަފީ މަރުވީ ސްޕޭން ޖަލެއްގައި ދަންޖެހިގެން

ޖޯން ޑޭވިޑް މެކަފީއަކީ އޭނާއަށް ވާތީ ދުނިޔެ ދަންނަ މީހެއް ނޫނެވެ. އެއަށް ވުރެ ކުރިން އޭނޭގެ ސޮފްޓްވެއާ ކުންފުނި މެކަފީން އުފެއްދި އެންޓި ވައިރަސް ސޮފްޓްވެއާ އޮތީ މަޝްހޫރުވެ ވަރަށް ބޮޑަށް ވައިގައި ހިފާފަ އެވެ. އެ މަޝްހޫރު ކަމުން ޖޯން ޑޭވިޑްއަށް ވެސް އެތިކޮޅެއް ލިބުނީ އެވެ.

ސްޕޭން ޖަލެއްގައި ޖޯން ޑޭވިޑް މެކަފީ ދަންޖެހިގެން މަރުވެއްޖެ އެވެ؛ ސްޕޭން ފުލުން އޭނާ ހައްޔަރުކުރީ ޓެކްހަށް މަކަރު ހަދައިގެން އުޅެނިކޮށް އެމެރިކާއިން އެދުމުގެ މަތިންނެވެ، އޭނާއަކީ އެމެރިކާ ރައްޔިތެވެ. އިނގިރޭސި ޕާސްޕޯޓް ވެސް އޮވެ އެވެ. އޭނާ ހައްޔަރުކުރީ އެމެރިކާއަށް އަނބުރާ ފޮނުވާލާށެވެ. އެއީ ޓެކްސް މައްސަލަ ބެލުމަށެވެ. ސާބިތުވެއްޖެ ނަމަ ދިގު މުއްދަތަކަށް ޖަލަށްލާނެ އެވެ.

ޖޯން ޑޭވިޑް މެކަފީ ސްޕޭނުން އޮކްޓޯބަރު 2020 ގައި ހައްޔަރު ކުރުމަށް ފަހު ބަހައްޓާފައި ހުރީ ޖަލުގަ އެވެ. އެއީ ސްޕޭންގައި މައްސަަލަ ބަލައި އޭނާ އެމެރިކާއަށް ފޮނުވާލުމާ މެދު ޝަރުއީ ގޮތުން، ކޯޓުތަކުން ގޮތެއް ނިންމަންދެނެވެ. ކޯޓުން ނިންމީ އޭނާ އެމެރިކާއަށް ފޮނުވާލެވިދާނެ ކަމަށެވެ. އެކަމަކު އިސްތިއުނާފު ކުރުމަށް ފުރުސަތު އޮތް ކަމަށް ވެސް ވެއެވެ.