ޔުއެއާފާ ޔޫރޯ 2020

ޔޫރޯ 2020: ގަދަ ސޯޅައަށް ކަޅިއެއް

ފުޓްބޯޅަ ސަޕޯޓަރުންގެ ނަޒަރު އެންމެ ބޮޑަށް ހުއްޓިފައި ވާނީ ޔޫރޯ 2020 އަށެވެ. ގިނަ ބަޔަކު އުންމީދު ނުކުރާ ފަދަ ނަތީޖާތަކަކާއެކު ވާދަވެރި ގްރޫޕް ސްޓޭޖްގެ މެޗުތައް މިހާރު ވަނީ ނިމިފަ އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، މުބާރާތުގެ ދެވަނަ ބުރަށް ގަދަ 16 ޓީމު ގޮސްފައިވާއިރު، މި މުބާރާތުގައި އެތައް ޑްރާމާތަކެއް ފެނިގެން ދިޔަ އެވެ. ހިތާމަވެރި ހާދިސާތަކުން ޓީމުތަކާއި ސަޕޯޓަރުން ރޮއްވާލި އެވެ. މަރުގެ ތުންފަތް މަތީގައި ތިބި އެތައް ޓީމުތަކެއް ދެވަނަ ބުރަށް ދިޔައީ ސިއްސުވާލާފަ އެވެ. ގަދަ 16 އިގެ މެޗުތައް ތަރުތީބުވެފައިވާ ގޮތުން ބެލުންތެރިންގެ ލޭ ކައްކުވާލާނެ ކަން ޔަގީނެވެ.

އެއް ވަނާގައި ދެވަނަ ބުރު ޔަގީންކުރި ގައުމުތައް

  • އިޓަލީ - 9 ޕޮއިންޓާއިއެކު ހުރިހާ މެޗަކުން މޮޅުވެގެން
  • ބެލްޖިއަމް - 9 ޕޮއިންޓާއެކު ހުރިހާ މެޗަކުން މޮޅުވެގެން
  • ނެދަލެންޑްސް - 9 ޕޮއިންޓާއިއެކު ހުރިހާ މެޗަކުން މޮޅުވެގެން
  • އިންގްލެންޑް - 7 ޕޮއިންޓާއެކު ދެ މެޗުން މޮޅުވެ 1 މެޗު އެއްވަރު ކޮށްގެން
  • ސްވިޑެން - 7 ޕޮއިންޓާއެކު ދެ މެޗުން މޮޅުވެ 1 މެޗުން އެއްވަރު ކޮށްގެން
  • ފްރާންސް - 5 ޕޮއިންޓާއެކު 1 މެޗުން މޮޅުވެ ދެ މެޗުން އެއްވަރު ކޮށްގެން

ދެ ވަނައިގައި ދެވަނަ ބުރަށް ދަތުރު ކުރި ޓީމުތައް

  • ވޭލްސް - 4 ޕޮއިންޓާއެކު 1 މެޗުން މޮޅު، 1 މެޗުން އެއްވަރު އަދި 1 މެޗުން ބަލި ވެގެން
  • ޑެންމާކް - 3 ޕޮއިންޓާއިއެކު 2 މެޗުން ބަލިވެ 1 މެޗުން މޮޅުވެގެން
  • އޮސްޓްރިއާ - 6 ޕޮއިންޓާއި އެކު 2 މެޗުން މޮޅުވެ 1 މެޗުން ބަލިވެގެން
  • ކޮރޭޝިއާ - 4 ޕޮއިންޓާއެކު 1 މެޗުން މޮޅު، 1 މެޗުން އެއްވަރު އަދި 1 މެޗުން ބަލިވެގެން
  • ސްޕެއިން - 5 ޕޮއިންޓާއެކު ދެ މެޗުން އެއްވަރުވެ 1 މެޗުން މޮޅުވެގެން
  • ޖަރުމަނު - 4 ޕޮއިންޓާއެކު 1 މެޗުން މޮޅު، 1 މެޗުން އެއްވަރު އަދި 1 މެޗުން ބަލި

ތިން ވަނައިގެ ގަދަހަތަރަކުން ދެވަނަ ބުރަށް ދިޔަ ޓީމުތައް

  • ސްވިޒަލެންޑް - 4 ޕޮއިންޓާއެކު 1 މެޗުން މޮޅު، 1 މެޗުން އެއްވަރު އަދި 1 މެޗުން ބަލި ވެގެން
  • ޗެކް ރިޕަބްލިކް - 4 ޕޮއިންޓާއެކު 1 މެޗުން މޮޅު، 1 މެޗުން އެއްވަރު އަދި 1 މެޗުން ބަލި ވެގެން
  • ޔޫކްރެއިން - 3 ޕޮއިންޓާއެކު 1 މެޗުން މޮޅުވެ 2 މެޗުން ބަލި ވެގެން
  • ޕޯޗުގަލް - 4 ޕޮއިންޓާއެކު 1 މެޗުން މޮޅު، 1 މެޗުން އެއްވަރު އަދި 1 މެޗުން ބަލި ވެގެން

މެޗުތަކުގެ ތާވަލު

ގްރޫޕް ސްޓޭޖްގެ މެޗުތައް އިއްޔެ ނިމުމާއެކު ގަދަ 16 އިގެ މެޗުތައް ފަށާނީ ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހުގަ އެވެ. ދެން މުބާރާތުގެ މެޗުތައް ފަށާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

26 ޖޫން - ހޮނިހިރު:

9:00: ވޭލްސް - ޑެންމާކު / ޔޯހަން ކްރައިފް އެރީނާ
12:00: އިޓަލީ - އޮސްޓްރިއާ / ވެމްބްލީ ސްޓޭޑިއަމް

27 ޖޫން - އާދީއްތަ:

9:00: ނެދަލޭންޑްސް - ޗެކު ރިޕަބްލިކް / ޕުސްކާސް އެރީނާ
12:00: ބެލްޖިއަމް - ޕޯޗުގަލް / ލަ ކަރުޓޫޖާ ސްޓޭޑިއަމް

28 ޖޫން - ހޯމަ:

9:00: ކްރޮއޭޝިއާ - ސްޕެއިން / ޕާކެން ސްޓޭޑިއަމް
12:00: ފްރާންސް - ސްވިޒަލޭންޑް / ނޭޝަނަލް އެރީނާ ބުޗަރެސްޓް

29 ޖޫން - އަންގާރަ:

9:00: އިންގްލެންޑް - ޖަރުމަނު / ވެމްބްލީ ސްޓޭޑިއަމް
12:00: ސްވިޑެން - ޔޫކްރެއިން / ހެމްޕްޑެން ޕާކު