ކަނޑުމަތީގެ ހާދިސާ

ޑައިވިންއަށް ގޮސް އުޅުނު ޒުވާނަކު މަރުވެއްޖެ

އއ. ދިގުރަށް ތިލަ އަށް ޑައިވިން އަށް ގޮސް އުޅުން ޅ. ނައިފަރު ޒުވާނަކު މަރުވެއްޖެ އެވެ.

ޅ. ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ޑައިވިން އަށް ގޮސް އުޅުމުގެ ތެރޭގައި މިއަދުގެ ވަގުތެއްގައި މަރުވީ ނައިފަރު، ދިލްކަސް މާގޭ އަހުމަދު ނަވާޒް ކިޔާ މީހެއް ކަމަށާއި އަދި އޭނާ އަކީ "ފުނައްޒުލް" ނަމަކަށް ކިޔާ ސަފާރީ އެއްގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ.

"އެކަން ހިނގި އިރު ސަފާރީގައި ތިބި މީހުން ބުނީ އެކަން ހިނގީ ނަވާޒް 37 ވަރަކަށް އަޑީގައި ގެސްޓުން ތަކެއް ގޮވާގެން ޑައިވިން އަށް ގޮސް އުޅުމުގެ ތެރޭގަ. އޭނަ ކުއްލިއަކަށް ތެޅިގަނެފަ ގެސްޓުންގައގަ ހިފަން ފެށީ،" ރަޝީދު ވިދާޅުވި އެވެ.

ނަވާޒް ފުނައްޒުލް ސަފާރީގައި މަސައްކަތް ކުރުމުގެ ކުރިން އޭނާ ވަޒީފާ އަދާ ކުރީ ޓީވީއެމްގަ އެވެ.