އެމްޑަބްލިއުއެސްސީ

ފެރިދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

Jun 24, 2021

އއ. ފެރިދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން ފަށައިފި އެވެ.

ފެރިދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ޕްލާންޓް ބަހައްޓަން ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތެވެ. ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި ވަނީ އެރަށަށް ގެންގޮސްފަ އެވެ.

އެރަށުގައި 6.76 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ ނެޓްވޯކު ގާއިމު ކުރާނެ އެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާ ކުރަން ތިން ތާންގީ ބަހައްޓާނެ އެވެ.

ފެރިދޫ ގޭގޭގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައި ދޭއިރު ފެން ތަހުލީލު ކުރާ ސާމާނު ވެސް ފޯރު ކޮށް ދޭނެ އެވެ.

ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހުދުމަތް ފޯރުކޮށްދޭނެ ކަމަށާއި މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓު ވެސް އެ ކުންފުނިން ފޯރުކޮށްދޭނެ އެވެ.

ޕްލޭނިން މިނިސްޓްރީ އިން އެމްޑަބްލިޔުއެސްސީ އާއި ހަވާލު ކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 35.9 މިލިއަން ރުފިޔާ އެވެ. މަސައްކަތް އެއް އަހަރާއި އަށް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.