މެސީ

މެސީއަށް 34 އަހަރު، ހުއްޓުމެއް ނެތް

މިއަދަކީ ބާސެލޮނާގެ، އަދި ވަކިން ހާއްސަކޮށް ލިއޮނަލް މެސީގެ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ދުވަހެކެވެ. ޖޫން 24، 1987 އާޖެންޓީނާގެ ރޮސާރީ އަށް އުފަން، ބާސެލޯނާގެ ތަރި މެސީއަށް މިއަދު ވަނީ 34 އަހަރު ފުރިފަ އެވެ.

ބުރަ މަސައްކަތުން ކާމިޔާބު ހޯދި މެސީގެ ޅަދުވަސްވަރަކީ މާ އުފާވެރި ދުވަސްތަކެއް ނޫނެވެ. އުމުރުން އެންމެ 11 އަހަރުގައި އޭނާގެ ހަށިގަނޑު ހެދި ބޮޑުވުމުގެ އުނި ކަމެއް ހުރިކަން ވަނީ ދެނެގަނެވިފަ އެވެ. މަހެއްގެ މައްޗަށް 900 ޔޫއެސް ޑޮލަރު ހަރަދުވާ އެ ބަލީގެ ފަރުވާ މެސީއަށް ހޯދައި ދިނުމަށް އޭނާގެ މައިންބަފައިންނަށް އޭރު ވަނީ ނުކުޅެދިފަ އެވެ. ބާސެލޯނާއަށް ސޮއި ކޮށްފި ނަމަ އެޓީމުން މެސީގެ ބޭސްފަރުވާގެ ހަރަދު ބަލަހައްޓަން އެއްބަސް ވުމުން އޭނާ ސްޕެއިނަށް ބަދަލުވީ ބޭސްފަރުވާ ކުރުމާއެކު ބާސެލޯނާއަށް ކުޅޭށެވެ.

ރުފިޔާ ނެތިގެން އޭރު ބޭސް ފަރުވާގެ ކަންތައް ހަމަ ނުޖެހުނު ނަމަވެސް މިހާރު އޭނާއަކީ އެންމެ މުއްސަނދި އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. މިހާރު މެސީގެ ނެޓް ވޯތުގެގޮތުގައި ބެލެވިފައި ވަނީ 126 މިލިއަން ޔޫއެސް ޑޮލަރެވެ.

ދިރިއުޅުން

މޮޅު ކުޅުންތެރިއެއްގެ އިތުރުން މެސީއަކީ ކާމިޔާބު ޒަވާޖީ ހަޔާތެއް ވޭތު ކުރަމުން އަންނަ މީހެކެވެ. އޭނާ ވަނީ 2017 ވަނަ އަހަރު އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ އެންޓޮނީލާ ރޮކޫޒާއާ ކައިވެނި ކޮށްފަ އެވެ. ކައިވެންޏަށް ފަސް އަހަރު ވާން ވިއިރު އެ ދެމަފިރިންނަށް ވަނީ ތިން ދަރިން ލިބިފަ އެވެ. މެސީއަކީ ހިތްހެޔޮ އޯގާތެރި މީހެކެވެ. އޭނާގެ ހިލޭ އެހީގައި ކިޔަވަމުންދާ އެތައް ފަގީރު ކުދިންނަކާއި، ސިއްހީ ފަރުވާ ހޯދަމުން އަންނަ އެތަކެއް ހާސް މީހުން މިހާރު އެބަތިއްބެވެ.

ބާސެލޯނާގައި މެސީ

މެސީގެ ހުނަރުތަކުން ބާސެލޯނާގެ ފުރަތަމަ ޑިރެކްޓަރު ކާލްސް ރެކްސަޗް ހައިރާން ކޮށްލި އެވެ. ކާލްސް ބޭނުންވީ ވަގުތުން މެސީ ބާސެލޯނާއަށް ސޮއި ކުރުވާށެވެ. އޭރު ކަރުދާސް ނެތުމުން މެސީ އާއި ބާސެލޯނާ އާއި ދެމެދު ހެދުނު ފުރަތަމަ އެއްބަސްވުން ލިޔުނީ ޓިޝޫއެއްގަ އެވެ. ބާސެލޯނާއަށް ކުޅެން ފަށައި މެސީ އޭނާގެ ފުރަތަމަ ޑިބަޓް ހެދީ 2003 ވަނަ އަހަރު އާރްސީޑި އެސްޕަންޔޯލް އާއި ބައްދަލުކުރި މެޗެއްގަ އެވެ. މެސީއަކީ ބާސެލޯނާއަށް ކުޅުނު ތިން ވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އަދި މިހާތަނަށް ބާސެލޯނާއަށް އެންމެ ޒުވާން އުމުރުގައި ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.

މެސީއަކީ ޔޫއެފާ ކްލަބް މުބާރާތްތަކުގައި 100 އަށްވުރެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. މިހާތަނަށް ބާސެލޯނާގައި

މެސީ ހޯދާފައިވާ ބޮޑެތި ކާމިޔާބުތައް

  • ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ގޯލު ޖެހި ކުޅޫންތެރިޔާ - 71 ގޯލު
  • ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ - 28 ގޯލު
  • އެންމެ ގިނާ ބެލެންޑިއޯ އެވޯޑް ކާމިޔާބު ކުރި ކުޅުންތެރިޔާ - 6 ބެލެންޑިއޯ
  • އެންމެ ގިނަ ލަލީގާ ގޯލު ޖެހި ކުޅުންތެރިޔާ - 474 ގޯލު
  • އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ލަލީގާގައި ޖެހި ކުޅުންތެރިޔާ - 50 ގޯލު (ސީޒަން 2011 / 12 )
  • އަހަރެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ - 79 ގޯލު (2012 ވަނަ އަހައު، އާޖެންޓީނާއަށް ޖެހި ގޯލާއެކު ގުނާ ނަމަ 91 ގޯލު)
  • އެންމެ ގިނަ ލަލީގާ ހެޓްރިކް ހެދި ކުޅުންތެރިޔާ - 36 ހެޓްރިކް
  • ސްޕެއިން އިން ބޭރު ކުޅުންތެރިއަކަށް އެންމެ ގިނަ ފަހަރު ލަލީގާ ހޯދި ކުޅުންތެރިޔާ - 10 ލަލީގާ
  • އެންމެ ގިނަ އީއެސްއެމް ގޯލްޑެން ބޫޓް ހޯދި ކުޅުންތެރިޔާ - 6 ރަން ބޫޓު

އާޖެންޓީނާގައި މެސީ

  • އާޖެންޓީނާއަށް އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ - 73 ގޯލް
  • ވޯލްޑް ކަޕެއްގައި ގޯލް ޖެހި އާޖެންޓީނާގެ އެންމެ ޒުވާން ކުޅުންތެރިޔާ - ގޯލް ޖެހިއިރު އޭނަގެ އުމުރުން 18 އަހަރާއި 357 ދުވަސް
  • އާޖެންޓީނާގެ އެންމެ ގިނަ ކެޕްޓަންކަން ކުރި ކުޅުންތެރިޔާ - 147 މެޗު