ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 34 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އުމުރުން 34 އަހަރުގެ ދިވެއްސަކު މަރުވެއްޖެ އެވެ.

އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ. އޭނާ މަަރުވީ މިރޭ 7:34 ގައެވެ.

ކޮވިޑް ޖެހި ހާލުބޮޑުވެ މަރުވާ މީހުންގެ ތެރޭގައި ހަގު އުމުރުގެ މީހުންގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މީގެ ކުރިން 25 އަހަރުގެ ދިވެހި އަންހެނަކު އަދި 27 އަހަރާއި 28 އަހަރުގެ ދިވެހި އަންހެނަކު ވެސް މަރުވެފައިވެއެވެ. އުމުރުން 10 އަހަރުގެ ކުއްޖަކު ވެސް ވަނީ ފަރުވާ ލިބުން ލަސްވެ މި ބަލީގައި މަރުވެފައެވެ.

ރާއްޖެއިން މިހާތަނަށް މަރުވެފައި ވަނީ 209 މީހެކެވެ. އޭގެ ތެރެއިން 88 މީހަކު މަރުވީ މިދިޔަ މެއި މަހުގެ ތެރޭގައި ކޮވިޑްގެ ހަތަރު ވަނަ ރާޅުގެ ނުރައްކާ އޮތްއިރުއެވެ.

މިހާތަނަށް 72،000 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި 68،000 ވުރެ ގިނަ މީހުން ވަނީ ބަލީން ފަސޭހަވެއެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 4،262 އެވެ.