ހަބަރު

އެޗްޑީސީގެ ޗެއާމަން ކަމުންނާއި އެމްއެމްޕީއާރްސީގެ މަގާމުން އަސީލް ވަކިކޮށްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގުގެ ތެރެއިން ފެންމަތިވި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހޯދަން އިއުލާންކޮށް އިންޓަޕޯލް ރެޑްނޯޓިސް ނެރެފައިވާ، މުހައްމަދު އަސީލް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން ކަމުންނާއި އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ އަސީލް މަގާމުން ވަކިކުރީ އެއޮފީހަށް އޭނާގެ މައްސަލަ ހުށަހެޅި އަސީލް ވަކިކުރަން ހުއްދަ ލިބުމުން ކަމަށާއި އަދި ވަކި ކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކަމަށެވެ.

އަސީލް އެޗްޑީސީގެ ޗެއާމަން ކަމުންނާއި އެމްއެމްޕީއާރްސީގެ ޑީއެމްޑީގެ މަގާމުން ވަކިކޮށްފައިވާ އިރު މިމައްސަލައާ ގުޅިގެން އަސީލް މަގާމުން ދުރުކޮށްފައިވާ އިރު ހައްޔަރުކޮށްފައި ހުރި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެމަގާމުން އަދި ވަކިކޮށްފައެއް ނުވެއެވެ.