ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަބްދުﷲ ޝާހިދު

ޝާހިދު ޔޫއެސްއައިޑީގެ އެޑްމިނިސްޓްރޭޓަރާ ބައްދަލުކުރައްވައިފި

Jun 25, 2021

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) ގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާ އާއި ބައްދަލުކުރައްވައިފި އެވެ.

ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ކޮވިޑް-19ގެ ބަލިމަޑުކަމާއި ތިމާވެށި ހިމާޔަތްކުރުމާއި ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުން އަދި މާލީ ހިންގުން އިތުރަށް ހަރުދަނާކުރުން ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ބައްދަލްވުމުގައި ޝާހިދު ވަނީ އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި އެ ގައުމުން ކޮވިޑް-19 ވެކްސިން އެންމެ ފުރަތަމަ ފޯރުކޮށްދޭނެ ގައުމުތަކުގެ ތެރޭގައި ރާއްޖޭ ހިމަނާފައިވާތީ އެކަމަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.

އެމެރިކާ އަކީ ރާއްޖެއަށް ބޭނުން ޖެހިއްޖެ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދޭ އިތުބާރު ހުރި ރަހުމަތްތެރިއެއްކަން ސާބިތުކޮށްދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް ޔޫއެސްއޭއައިޑީ މެދުވެރިކޮށް އެމެރިކާއިން ވަނީ ވެންޓިލޭޓަރު އަދި ޕީޕީއީ ހަދިޔާކޮށްފަ އެވެ.