ކޮވިޑް-19 ޖެހިގެން ހއ. ދިއްދޫ އިން މީހަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އުމުރުން 50 އަހަރުގެ މީހެކެވެ. އެއީ އެ ރަށުގައި މަސައްކަތް ކުރަން ގޮސް ހުރި ބިދޭސީއެކެވެ.
އެމީހާ މަރުވެފައިވަނީ މިއަދު މެންދުރު އެވެ. އެއީ ކޮވިޑްގެ ޕޮޒިޓިވް މީހަކާއި ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީންގައި ހުރި މީހެކެވެ. ރޭ ވަރަށް ބޮޑަށް ހުން ގަދަވެ އޭނާގެ ހާލަތު ގޯސްވިއެވެ.
ރާއްޖެއިން މިހާތަނަށް 109 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު ދިއްދޫ އިން ދެ މީހަކު މަރުވެފައިވެއެވެ.