ސްރީލަންކާގެ އާ ރައީސް މައިތުރިޕާލާ ސިރިސޭނާއާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.
ލަންކާގެ އާ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ނަޝީދު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސިރިސޭނާއާ ބައްދަލު ކުރެއްވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
އެ ދަތުރުފުޅުގައި އެ ގައުމުގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ވެސް ނަޝީދު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.