ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެޗްޕީއޭގެ މޮނިޓަރިންގައި މިހާރު އޮތީ 50 ރަށް

ކޮވިޑް ބަލީގެ ކޭސްތައް ފެނިގެން މި ވަގުތު އެޗްޕީއޭގެ މޮނިޓަރިންގައި އޮތީ 50 ރަށް ކަމަށް އެ އޭޖެންސީން ބުނެފި އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 185 ރަށުގެތެރެއިން މޮނިޓަރިންގައި އެންމެ ގިނަ ދުވަސް ވެފައި ވަނީ ޅ. ނައިފަރެވެ. އެރަށް މޮނިޓަރިންއަށް ގެންދިޔައީ މިދިއަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭފްރީލް މަހުން ފެށިގެން ބަންދުކޮށްފައިވާ ރަށްތަކަކީ އދ. މާމިގިއްޔާއި ބ. އޭދަފުއްޓާއި ކ. ހިންމަފުއްޓާއި ލ. ގަމާއި އެ އަތޮޅު ފޮނަދޫ އާއި ގދ. ތިނަދޫ އާއި އއ. ރަސްދޫ އެވެ.

ތިރީސް ރަށަކަށް އަރާ ފޭބުން މިދިޔަ މޭމަހުގެ ތެރޭގައި ވެސް މަނާ ކުރި އެވެ. އެއީ އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ އިތުރުން ފ. ފީއަލި، އެ އަތޮޅު ނިލަންދޫ، ލ. އިސްދޫ، އެ އަތޮޅު މާވަށް، ފުވައްމުލައް ސިޓީ، ށ. ޅައިމަގު، ރ. ހުޅުދުއްފާރު، ގދ. ގައްދޫ، ބ. ތުޅާދޫ، ވ. ފުލިދޫ، ގއ. ދާންދޫ، ޅ. ހިންނަވަރު، ގއ. ގެމަނަފުށި، ތ. ތިމަރަފުށި، ގއ. ވިލިންގިލި، ލ. ކަލައިދޫ، ނ. މިލަދޫ، ކ. ދިށްފުށި، ކ. ގާފަރު، ނ. ލަންދޫ، ޅ. އޮޅުވެލިފުށި، މ. މުލި. ރ. އަލިފުށި، އދ. އޮމަދޫ، އއ. ތޮއްޑޫ، ރ. ދުވާފަރު، ނ. ވެލިދޫ، ބ. ކެންދޫ، ގދ. ފަރެސްމާތޮޑާ، ރ. އުނގޫފާރެވެ.

މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ބަންދު ކޮށްފައިވަނީ ހަ ރަށެކެވެ. އެއީ ޅ. ކުރެންދޫ އާއި ރ. ފައިނާއި ކުޅުދުއްފުށީ ސިޓީ އާއި ސިނާއީ ރަށެއް ކަމަށްވާ ގއ. ކޫއްޑޫ އާއި ގއ. މާމެންދޫ، އެ އަތޮޅު ކޮލަމާފުއްޓާއި ހއ. ފިއްލަދޫ އާއި އއ. މަތިވެރި އަދި ހދ. ދިއްދޫ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަަރަށް ބޮޑަށް ގޯސްވެ ބަލި ޖެހޭ މީހުނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އުފުލިފައި ހުރުމަށް ފަހު މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނަންބަރުތައް ވަނީ ތިރިވާން ފަށާފަ އެވެ ކޮވިޑް ބަލީގައި މަަރުވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ ދަށްވެފަ އެވެ.