ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކައުންސިލަރުންނާއި ރަައީސް ބައްދަލުކުރައްވަން ފައްޓަވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް:ދިއްގަރު ކައުންސިލަރުން އެދޭ މިނވަން ވޭޖާ ގުޅޭގޮތުން މަޝްވަރާކޮށްފައި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ދިއްގަރު ކައުންސިލަރުން އެދޭ މިނިމަން ވޭޖާ ގުޅޭގޮތުން ރައީސުލްޖުމުހުއްރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

އެ މަޝްވަރާ ކޮށްފައި ވަނީ މިއަދު ހެނދުނު އޮންލައިންކޮށް ރައީސް ކުރިޔަށް ގެންދެވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމަކި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލުތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުންނާއި ބައްދަލުކޮށް މަޝްވަރާކުރެއްވުމަށް ރައީސް ފެއްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވެވި ފުރަތަމަ ބައްދަލުމުވެ.

ދިއްގަރު ކައުންސިލުގެ ރައީސް އަހްމަދު ނިޝާމް ވިދާޅުވީ ސަރުކާރުން އެ ރަށުގައި ކުރިއަށްގެންދާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަލުވި ދުވެލީގައި ކުރިއަށްދާ ކަމުގަ އެވެ. އެ ރަށުގައި ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ހުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ. ހަމަ އެހެންމެ ބޭސް ލިބުމުގައި މިހާރު ރޭވިފައި ހުރި އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ސިއްހީ މަރުކަޒު އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާކަން ކައުސިލްގެ ރައީސް ފާހަގަކުރި އެވެ.

"ސްކޫލް ހޯލް އިމާރާތާ އަދި އުމްރާނީގޮތުން ސްކޫލަށް ބައެއް ކަންކަން ބޭނުންވޭ. މަތީ ތައުލީމު ފުޅާކުރުމަށް އިތުރު ފުރުސަތުތާއި ލުއިފަސޭހަތައް ބޭނުންވޭ. އަދި ރަށުގެ ނަރުދަމާ ނިޒާމުގެ އައުޓްފްލޯއާ ގުޅިގެން ވަރަށް ގިނަ ދަތިތައް ކުރިމަތިވޭ."

އަދި އެ ރަށުގައި ކަނދުފަތިތައް ކައިރި ސަރަހައްދެއްގައި ނެތުމާއި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި އެރަށުގެ ރިޒޯޓްދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުރި ދަތިތަކާއި، އެ ދާއިރާއިން އިތުރު ފުރުސަތުތައް އެ ސަރަހައްދުގައި ފަހިވެފައި އޮތުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރިއެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މަސްވެރިންގެ ފަސޭހައަށްޓަކައި މުލަކުގައި ގާއިމުކުރަމުންދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކުރިޔަށްދާކަމަށެވެ. އަދި މިހާރު ހުރި ވަރަށްވުރެ އޮއިވާލި ކަނދުފަތިތައް އިތުރުކުރުމަށް ފިޝަރީޒް މިނިސްޓްރީން ރާވަމުން ގެންދާކަމަށެވެ.

މީގެ އިތުރުން ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ކައުންސިލަރުން ފާހަގަ ކުރެއްވި މިނިމަން ވޭޖް ކަނޑައެޅުންފަދަ ކަންކަމާގުޅޭގޮތުންވެސް އެންމެފަހުގެ މައުލޫމާތު ރައީސް ހިއްސާކުރެއްވި އެވެ. ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކާ ގުޅިގެން މަސައްކަތްކޮށްދެއްވާނެކަމަށް ވެސް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ރައީސްގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345