ހަބަރު

މަސްވެރިކަމުގެ ސިޔާސަތު އިފުތިތާހު ކުރުން ފަސްކޮށްފި

Jul 16, 2019

މޫސުން ގޯސްވެ، މ. ދިއްގަރުގައި މިރޭ ބާއްވަން ހަމަޖައްސާފައިވާ މަސްވެރިކަމުގެ ސިޔާސަތު އިފްތިތާހު ކުރުމުގެ ޖަލްސާ ފަސްކޮށްފި އެވެ. މަސްވެރިކަމުގެ ސިޔާސަތު އިފްތިތާހު ކޮށްދެއްވަން އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް އޮފީހުން ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން ދިއްގަރުގައި ބޭއްވާ މަސްވެރިކަމުގެ ސިޔާސަތު އިފުތިތާހު ކުރުމުގެ ޖަލްސާ ފަސް ކޮށްފައިވާ ކަމަށެވެ. އެ ޖަލްސާ ބާއްވާނެ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ.

ސަރުކާރުން އިފުތިތާހުކުރާ މަސްވެރިކަމުގެ ސިޔާސަތުގެ ނަމަކީ "ނަފާވާ މަސްކަނޑެ" ވެ. މިއީ ދިވެހި ކަނޑުފަޅުގެ ނަފާ ދިވެހިންނަށް ހޯދައިދިނުމަށްސަރުކާރުން އެކުލަވާލާފައިވާ މަސްވެރިކަމުގެ ސިޔާސަތެކެވެ.