ފިނިޕޭޖް

މަލްޓިސްކްރީން އަދި އެމް.އެސް.ޓވީ އަށް "ގުޅުން"

Jun 28, 2021

މީޑިއާނެޓް މަލްޓި-ސްކްރީނުގައި ކުރު ފިލްމް "ގުޅުން" ދައްކަން ތައްޔާރު ވެއްޖެ އެވެ.

މި ފިލްމަކީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފުރަތަމަ ކުރު ފިލްމެވެ. ވިހި މިނެޓްގެ މި ފިލްމުގައި އެކި މީހުންގެ ދިރިރިއުޅުމުގެ އެކި ކަންކަން ދައްކުވައި ދޭނެ އެވެ. އެންތޮލޮޖީ ޖޯންރާގެ މި ސީރީޒް އިން ފެނިގެން ދާނީ ދިރިއުޅުމުގައި އަހަރެމެން އުފައްދާ އެކިކަހަލަ ގުޅުންތަކާއި އެގުޅުންތައް ބަދަހި ކުރުމުގައި އަހަރެމެންނަށް ކުރިމަތިވާ ގޮންޖެހުންތަކެވެ.

މީޑިއާނެޓް މަލްޓި ސްކުރީނުގެ ވީޑިއޯ އޮން ޑިމާންޑުން "ގުޅުން" ބަލައިލެވޭނެ އެވެ. މި ފިލްމު ދައްކަން ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ. މި ފިލްމް ލިޔެ ޑައިރެކްޓް ކުރީ އައިޝަތު ފުއާދު ތައުފީގެވެ.

މީޑިއާނެޓަށް އާ ކަސްޓަމަރުން ނުވަތަ ލޯކަލް ޕެކޭޖް ބޭނުންކުރާ ކަސްޓަމަރުން 150 ރުފިޔާއަށް އެމްއެސް ކޮމްބޯއަށް ސަބްސްކްރައިބް ކުރުމުން ލައިވް ޓީވީ ޗެނަލްތަކުގެ އިރުން ވީޑިއޯ އޮން ޑިމާންޑްގައި ހިމެނޭ ފިލްމް އަދި ސީރީސްތަށް ބަލައިލެވޭނެ އެވެ. އަދި ބޭސިކް ނުވަތަ ފެމިލީ ޕެކޭޖް މިހާރު ގެންގުޅޭ ފަރާތްތަކަށް 100 ރުފިޔާއިން އެމްއެސް ވީއޯޑީއަށް ސަބްސްކްރައިބް ކުރުމުން ބުދަ ދުވަހު ދައްކާ ގުޅުން ވެސް ބަލައިލެވޭނެ އެވެ. މީޑިއާނެޓްގެ 'ވޯންޓް އިޓް އޯލް' ޕެކޭޖް ބޭނުންކުރާ ކަސްޓަމަރުންނަށް 50ރ. އެމްއެސް ވީއޯޑީ އަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.

މިހާރު އެއްވެސް ދައްޗަކާ ނުލާ މީޑިއާނެޓު ވައިފައި ހޮޓްސްޕޮޓަށް ކަނެކްޓުކޮށްގެންވެސް މަލްޓިސްކްރީން ބަލާލެވޭނެ އެވެ.

ކުޑަ ސްކުރީނުން ނުބަލާ އެމްއެސްޓީވީ މެދުވެރިކޮށް ޔޫއެޗްޑީ ޓީވީ އިންވެސް ގުޅުން އަދި އެހެނިހެން ވީއޯޑީ ކޮންޓެންޓް އަދި ލައިވް ޗެނަލްތަށް ބަލައިލެވޭނެއެވެ. އެމްއެސްޓީވީ އެޕްލިކޭޝަން ގޫގްލް ޕްލޭސްޓޯރުން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް މީޑިއާނެޓުން މައުލޫމާތުދެ އެވެ.