ދިވެހި ސިނަމާ

މީޑިއާނެޓް މަލްޓި ސްކްރީނަށް "މަރިޔަމް"

Mar 1, 2021
ފިމް "މަރިޔަމް" ގެ ޕޯސްޓަރެއް
0%
0%
100%

މީޑިއާނެޓުގެ ފުރަތަމަ އޮރިޖިނަލް ފިލްމް "މަރިޔަމް" މަލްޓި-ސްކްރީނަށް އަންނަން ތައްޔާރު ވެފައިވާ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

މީޑިއާ ނެޓުގެ "މަރިޔަމް" ގައި ދައްކުވައި ދެނީ އަންހެނެއްގެ ސިޔާސީ ހަޔާތުގައި އޭނާގެ ދާއިރާގެ މެމްބަރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުން ދުރު ކުރަން ބަޔަކު ކުރާ މަސައްކަތްތަކެވެ. އަދި މި ފިލްމުގެ ޕްރޮޑަކްޝަން ކުރިއަށް ގެންދިޔައީ އެއްކާފުންނެވެ.

މި ފިލްމަކީ އަންހެނުންނަށް ސިޔާސީ މައިދާނުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކަށް މީހުން އަހުލުވެރި ކުރުވައިދޭ ފިލްމެކެވެ.

ފިލްމުގެ ލީޑް ރޯލުން މަރިޔަމް މަޖުދާ ފެނެ އެވެ. ދެން އަހުމަދު ސައީދާއި އަލީ އާޒިމާއި ނިޝް، އަލީ ޝަޒްލީމް އަދި މުހައްމަދު ވަހީދު ހިމެނެ އެވެ. ފިލްމް ޑައިރެކްޓް ކުރީ ކަނޑި އެވެ. ސްކްރީންޕްލޭ ލިޔުނީ އަހްމަދު ޒަރީރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345