މަސްވެރިން

ރާއްޖޭގައި 55 ކަނދުފަތި، އެންމެ ގިނައީ ހުވަދު އަތޮޅުގައި

Jun 28, 2021

ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު 55 އޮއިވާލި ކަނދުފަތި / މަސް ކަނދުފަތި އެބަ އޮތް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީންގެ ހިސާބުތައް ދައްކާ ގޮތުގައި 2015 އިން ފެށިގެން މިހާތަނަށް ކަނޑައިގެން ނުގޮސް އޮތީ 55 ކަނދުފައްޗެވެ.

ރާއްޖޭގެ ކަނޑުމަހުގެ މަސްވެރި ކަމުގައި މުހިންމު ދައުރެއް އަދާކުރާ އޮއިވާލި ކަނދުފަތި އަޅާފައިވާ ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނައިން މަސް ކަނދުފަތި އަޅާފައިވަނީ ހުވަދު އަތޮޅު އުތުރު ބުރި ނުވަތަ ގއ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ހަ ކަނދުފައްޗެއް އަޅާފައިވާއިރު، ލ. އަތޮޅުގައި ފަސް ކަނދުފަތި، އަދި ގދ. ގައި ހަތަރު ކަނދުފަތި އަޅާފައިވެ އެވެ.

ހުވަދު އަތޮޅު ފިޔަވައި ދެން އެންމެ ގިނައިން ކަނދުފަތި ހުރި ކ. އަތޮޅުގައި ހަތަރު ކަނދުފަތި ހއ. އަތޮޅު ވެސް ހަތަރު ކަނދުފައްޗެއް އެބައޮތެވެ. މުޅިރާއްޖޭން އެންމެ ގިނަ ކަނދުފަތި އޮތް އަތޮޅުތަކަކީ ވ. އާއި އދ. އަދި ނ. އަތޮޅެވެ. މިއީ ކަނޑުމަހުގެ މަސްވެރިކަމަށް ވުރެ އެހެން ބާވަތްތަކުގެ މަސްވެރިކަމަށް މަޝްހޫރު ދެ އަތޮޅު ތަކެވެ. -- ފިޝަރީޒުން އެން ކަނދުފަތި ވެސް އަޅަ އެވެ.

ކަނޑައިގެންދާ މަސް ކަނދުފަތީގެ ބަދަލުގައި ސަރުކާރުން މި އަހަރު ވެސް ގިނަ ކަނދުފަތިތަކެއް އަޅާފައިވެ އެވެ. ނަމަވެސް ބައެއް ފަހަރު މީހުން މަސް ކަނދުފައްޗަށް ގެއްލުން ދެ އެވެ. އެގޮތުން ކަނދުފަތި ހުންނަ ބޮއިގައި ދޯނި އަޅައިގެން ތިބުމާއި ކަނދުފަތިތައް ކައިރީ ވަދުއެޅުމުގެ ޝަކުވާތައް ވެސް މަސްވެރިން ކުރެ އެވެ.

ފެން މަތީގައި ބޮއެއް ގޮތަށް އޮންނަ އޮއިވާލި ކަނދުފަތި އަޅަން ފަށާފައިވަނީ 1980 ގެ އަހަރުތަކުގަ އެވެ. އެން ކަނދުފަތި އަަޅަން ފެށީ ފަހުންނެވެ.