މަސްވެރިން

ރާއްޖެ މަހުން ޑިއުޓީ ކުޑަކުރަން ޝަރުތު ހަމައެއް ނުވޭ: ޔޫކޭ

Dec 16, 2021
2
މަސްވެރިޔަކު ބޮޑުކަންނެއްޏެއް ބޭނުމަށްފަހު ދޯންޏަށް އަރުވަނީ: ރާއްޖޭނެ އެކްސްޕޯޓް ކުރާ މަހަށް ޑިއުޓީ ނަގާތީ މަހުގެ އަގު މަތި ކުރަން ދަތިވޭ
0%
0%
0%

ރާއްޖޭގެ ކަނޑުމަހުން ނަގާ ޑިއުޓީ ކުޑަކުރަން ޝަރުތު ފުރިހަމަ ނުވާ ކަމަށް އިނގިރޭސިވިލާތުގެ ޕާލިމަންޓުގެ މަތިގޭގައި އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ޕާލިމަންޓުގެ މަތިގެ، ހައުސް އޮފް ލޯޑްސްގައި މިދިޔަ ހޯމަ ދުވަހު ވަނީ ރާއްޖޭގެ މަހަށް ޑިއުޓީ ކަނޑާލުމާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ.

މި ސުވާލު ތަކަށް ޖަވާބު ދެއްވަމުން މިނިސްޓާ އޮފް ސްޓޭޓް ޑިޕާޓްމަންޓް ފޯ ބިޒްނަސް ލޯޑް ގްރިމްސްޓޮން ވިދާޅުވީ ރާއްޖެއަކީ އެ ގައުމަށް މުހިއްމު ގައުމެއް ކަމަށެވެ. ނަމަވެސް ޑިއުޓީ ކަނޑާލުމުގެ ޝަރުތުތަކަށް ރާއްޖެ މިވަގުތު ނުފެތޭ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިކޮށް މެދުފަންގީގެ ގައުމަކަށް ބަދަލުވެފައިވާ ގައުމަކަށް ވުމެވެ.

ރާއްޖޭން އީޔޫގެ ގައުމުތަކަށް އެކްސްޕޯޓް ކުރާ މަހަށް 22 ޕަސެންޓުގެ ޑިއުޓީއެއް ނަގަ އެވެ. މި ޑިއުޓީގެ ސަބަބުން ރާއްޖޭން އެކްސްޕޯޓް ކުރާ މަހަށް ދުނިޔޭގެ ބާޒާރުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ. އެހެންވެ އެކި ސަރުކާރުންތަކުން ވަނީ އީޔޫގެ ޑިއުޓީ ކަނޑާލަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެކަންވާ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް މި އަހަރުގެ މަސްވެރިންގެ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގެ މަހަށް އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ރަނގަޅު އަގެއް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345